މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޖެނެރަލް މެނޭޖަރ
ބޭނުންވާ އަދަދު :1

 

މުސާރަ:

-/12000 ރުފިޔާ 

އެހެނިހެން އިނާޔަތްތައް:

5000ރ – 10000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

ޝަރުތު:

1. މެނޭޖްމަންޓް / ފައިނޭންސް އިން ފުރަތަމަ ޑިގްރީ ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން  

2. ކަމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 04 އަހަރު ތަޖުރިބާ ލިބިފައިވުން.  

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޑިޕާޓްމަންޓްގެ އެކި ބައިތަކުގެ މަސައްކަތް އިސްކޮށް ޙަވާލުކޮށްފައިތިބޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކުންފުނީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ޑިޕާޓްމަންޓް ލެވެލްގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
  3. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ކަންތައްތަކާއި މަސައްކަތުގެ މާހައުލު ރަގަޅަށް މޮނިޓަރ ކުރުން އަދި މަސައްކަތް ކުރެވެމުންދަނީ އަބަދުވެސް ކޮމްޕެނީގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުނުވާނެ އުޞޫލަކުންތޯ ބެލުން.
  4. ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅިގެން ބައިވެރިވާން ޖެހޭ ބައްދަލުވުންތައް، ސެމިނަރ އަދި ވޯރކްޝޮޕް ތަކުގައި ބައިވެރިވުމާއި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތު ޙިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  5. ޑިޕާޓްމަންޓްގެ ބަޖެޓް ހަދާ ކަނޑައެޅިފައިވާ ތާރީޙްގެ ކުރިން މުވައްޒަފުން ލައްވާ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.
  6. މުވައްޒަފުންގެ އެކި އެކި މައްސަލަތައް ޙައްލުކުރުމުގައި މެނޭޖަރުންނަށް އެހީވުމާއި އެކި ކަންކަމާއި ގުޅިގެން އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާއި ދޭތެރޭ ފިޔަވަޅު އެޅުން. އަދި މިފަދަ ކަންތައްތަކުގައި ސީ.އީ.އޯ ނުވަތަ ޑިވިޜަން ހެޑާއި މަޝްވަރާކޮށްގެން މަސައްކަތްކުރުން.
  7. ކޮންމެ އަހަރެއްގެ ވެސް ކަނޑައެޅިފައި އޮންނަ މުއްދަތުގައި މުވައްޒަފުންގެ މަސައްކަތް އިވެލުއޭޓްކޮށް އެއާގުޅިގެން ރާވަންޖެހޭ ކަންތައްތައް ރާވާ ފިޔަވަޅުއެޅުން. 
  8. ޕާފޯމަންސް އެޕްރެއިސަލް އަހަރު ފަށާއިރު މުވައްޒަފުންނަށް މަސައްކަތު ލަނޑުދަނޑިތަކެއް ކަނޑައެޅުމާޢި އެހާސިލްވާ މިންވަރު އަހަރު ދުވަހުތެރޭ މެނޭޖަރުންނާއި ސުޕަވައިޒަރުން މެދުވެރިކޮށް ބަލަހައްޓަމުން ގެންދިޔުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ބިޒްނަސް ޑިވިޜަން

 

ސުންގަޑި:

 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

24 ރަޖަބް  1438 

20 އޭޕްރީލް 2017

20 އޭޕްރިލް 2017
ހޯދާ