ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީގައި ޕާކެއް ހެދުމާއިބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ.

އަމިއްލަ ތަކެތީގައި ދ.ހުޅުދެލީ ޕާކުހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

 

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ހުޅުދެލީ ކައުންސިލް އިދާރާ

13 އޭޕްރީލް 2017

ބްރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުން

ހުޅުދެލީ ކައުންސިލް އިދާރާ

23 އޭޕްރީލް 2017

އާދިއްތަ

13:00

 

              މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. އަދިގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.މަޢުލޫމާތު ސާފުކުރުމާއި،އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.  

04 އޭޕްރިލް 2017
ހޯދާ