ށ.ފޭދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެންބިއުލާންސް ޑްރައިވަރ

ށ. ފޭދޫ ޞިއްޙީމަރުކަޒު

ށ. ފޭދޫ / ދިވެހިރާއްޖެ

                                                      ނަންބަރު: C04-SM/IUL/2017/04

                                                       ތާރީޚް: 04  އެޕްރީލް 2017

ވަޒީފާގެ ފުރުޞަތު

 މިމަރުކަޒުގެ ނަންބަރ: (C04-SM/IUL/2017/03 (20.03.2017 ގައިވާ އިޢުލާނަށް ޝަރުތުހަމަވާ ފަރާތެއް ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ޢިއުލާން ކުރަމެވެ.

މަގާމު

ޑްރައިވަރ   

މަގާމުގެ ގިންތި

ދާއިމީ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން ސެކްޝަން  

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ށ. ފޭދޫ ޞިއްޙީމަރުކަޒު / ށ. ފޭދޫ 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެންބިއުލާންސް ގައި ކުރަންޖެހޭ ދަތުރުތައް ފަސްނުޖެހި ކުރުން.
  2. އެންބިއުލާންސް އަށް ބޭނުންވާ ތެޔޮ، ފެން ފަދަ ތަކެތި ހަމަތޯ ޗެކްކުރުން.
  3. އެންބިއުލާންސް ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  4. އެންބިއުލާންސް އަށް ދިމާވާ އެކި އެކި މައްސަލަތައް އޮފީހަށް އަންގާ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުން.
  5. އެންބިއުލާންސް ގަރާޖު ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީން ޤަބޫލުކުރާ B1 ކެޓެގެރީ ލައިސަންސް ޙާޟިލްކޮށްފައި މުމާއެކު ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރު ފަހު 14:00 ށް މިމަރުކަޒުގެ އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  12 އެޕްރީލް 2017 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، ށ. ފޭދޫ ޞިއްޙީމަރުކަޒު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]   އެވެ. ފެކްސް ނަމްބަރަކީ، 6540611 ކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އެޕްރީލް މަސްތެރޭގައި ށ. ފޭދޫ ޞިއްޙީމަރުކަޒު ގަ އެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ 25%

އިތުރުމަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540611 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540611 އެވެ. އަދި އީ-މެއިލް ކުރާނީ ކުރާނީ [email protected]  އަށެވެ.  

 

07 ރަޖަބު 1438

04 އެޕްރީލް 2017

04 އޭޕްރިލް 2017
ހޯދާ