ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ފަރުކޮޅުފުށީގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލަން

އި ޢު ލާ ން

 ފަރުކޮޅުފުށީގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލަން

މިކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ފަރުކޮޅުފުށީގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލަން ގަސްތުކުރަމެވެ. މިތަކެތީގެ ތެރޭގައި ބައު މެޝިނަރީ، ބައު ފަރުނީޗަރު އަދި ލަކުޑިފަދަ ތަކެތި ހިމެނެއެވެ.

ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެދުވަހު ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގެއް ހުށަހަޅައި، އެއަގަށް އިތުރުކުރަމުންގޮސް ތިން ފަހަރު ޖެހިޖެހިގެން އެއް އަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވާ އުސޫލަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ހުރިހާ މުދަލެއް އެއްފަރާތަކަށް ކާމިޔާބުވާގޮތަށެވެ. އަދި ނީލަން ކާމިޔާބުކުރައްވާ ފަރާތަކުން 10 ދުވަހުގެ ތެރޭގައި ހުރިހާ މުދަލެއް ގެންގޮސް ނިންމަން ވާނެއެވެ.

ނީލަމުގައި ބައިވެރިވެލައްވަން ބޭނުން ފުޅުވާ ބޭފުޅުން 03 އޭޕްރީލް 2017 ދުވަހުގެ 10:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހުގެ 3ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                29 ޖުމާދުލްއާޚިރު 1438

28 މާރިޗު 2017
ހޯދާ