މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިޔެކިއުމަށް ބޭނުންވާ ތަކެތި، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އޮފީސް ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IL-PRC/2017/08 އަށް ލިބުނު އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

 

މި އޮތޯރިޓީއަށް ތިރީގައި މިވާ ބާވަތްތަކުގެ ތަކެތި ކޮންޓްރެކްޓް އުސޫލުން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

 

  • ލިޔެކިއުމަށް ބޭނުންވާ ތަކެތި
  • ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި
  • އޮފީސް ކޮންސިއުމަބަލްސް

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

03 އޭޕްރިލް 2017

ހޯމަ

11:00

އަންދާސީ ހިސާބު ހުށައެޅުން

10 އޭޕްރިލް 2017

ހޯމަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 

27 މާރިޗު 2017
ހޯދާ