ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އެސިސްޓެންޓް

 

 

                               އިޢުލާން

ގެމަނަފުށީ ސްކޫލް 
ގއ. ގެމަނަފުށި ދިވެހިރާއްޖެ

 

                                            ނަންބަރ: GS-202/IUL/2017/5

 

 

 

 

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

ހެލްތުއެސިސްޓެންޓް

ބޭނުންވާއަދަދު: 

1 (އެކެއް)

މަޤާމުގެގިންތި: 

ވަގުތީ (3 މަސްދުވަސް)

މަޤާމުގެރޭންކް: 

އެމް. އެސް. 1

މަޤާމުގެކްލެސިފިކޭޝަން: 

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތްކުރުމަށްހަމަޖެހިފައިވާތަން: 

ގެމަނަފުށީ ސްކޫލު، ގއ. ގެމަނަފުށީ

ދާއިރާ: 

ހެލްތު ދާއިރާ  

މަޤާމުގެޝަރުޠު:

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

 

 

އަސާސީ ޝަރުތު:

 

1-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުން.

 

 

 

މުސާރައާއި އިނާޔަތްތައް:

 

މަޤާމުގެ އަސާސީ މުސާރަ: -/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

 

ސަރވިސް އެލެވަންސް: -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

 

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ސްކޫލް ހެލްތު ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން، ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރާވައި ހިންގަންޖެހޭ ޕޮރޮގްރާމްތައް ރާވައި ހިންގުން.

 

2- ދަރިވަރުންނަށް ދެވޭ ޚިދުމަތުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެހެއްޓުން.

 

3- ޞިއްޙީ ފަރުވާޔަށް ބޭނުންކުރާ އެންމެހައި ތަކެތި ބެލެހެއްޓުން.                

 

4- ދަރިވަރުންނާ މުޢާމަލާތުކުރާއިރު އޯގާތެރިކަމާއެކު މުޢާމަލާތުކުރުން.

 

5- ޞިއްޙީގޮތުން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރަން އެހީތެރިވުން.

 

6- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ގެމަނަފުށީ ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

 

 

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

 

- ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

 

 

 

ސުންގަޑި:

 

2017 އެޕުރީލް 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 11:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގެމަނަފުށީ ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:    

 

  • - ދިވެހި ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސުކޫލުގެ އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
    • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ. 
    • ތަޖުރިބާގެ ލިޔުންތައް.
    • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
    • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
    • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.       

 

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

 

 

 

އިތުރު މަޢުލޫމާތު:

 

އިތުރު މަޢްލޫމާތު ހޯދުމަށް ގުޅާނީ، 7983077 ނަންބަރު ފޯނަށެެވެ.

 

 

 

27 އެޕުރީލް 2017

 

 

 

 

 

27 މާރިޗު 2017
ހޯދާ