ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވަލޮޕްމަންޓް އޮފިސަރ (ވަގުތީ)

އިޢުލާނު

 މިއިންސްޓިޓިއުޓުގެ ނަންބަރު IUL)451-HR/1/2017/8 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެއިޢުލާން ބާތިލުކޮށް އެޑިޔުކޭޝަން ޑިވަލޮޕްމަންޓް އޮފިސަރ (ވަގުތީ) މަޤާމަށް އަލުން އިޢުލާންކުރަމެވެ. 

 

މަޤާމް:

އެޑިޔުކޭޝަން ޑިވަލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

ވަގުތީ (08 މަސްދުވަސް)

މަޤާމުގެ ރޭންކް:

MS3

މަޤާމުގެ ކްލެސިފިކޭޝަން:

އެޑިޔުކޭޝަން ޑިވަލޮޕްމަންޓް އޮފިސަރ ގްރޭޑް 04

ސެކްޝަން:

ސްކޫލް އޮފް ޓީޗަރ ޑިވަލޮޕްމަންޓް

މަޤާމް އޮތް އޮފީސް:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެ، ދިވެހިރާއްޖެ.

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލެވަންސް:

-/3500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ފަންނީ މީހުން ތަމްރީންކުރުމުގައި އެހީތެރިވުން.
  2. ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް އެހީތެރިވެދިނުން.
  3. އިންކްލޫސިވް އެޑިޔުކޭޝަންގެ މަސައްކަތްތަކާއި ބެހޭގޮތުން އެކުލަވާލާފައިވާ އެޑްވައިޒަރީ ކޮމިޓީގެ މަސައްކަތް ބެލެހެއްޓުން.
  4. ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް މުޤައްރަރު އެކުލަވާލުމާއި މެޓީރިއަލް ތައްޔާރުކުރުން.
  5. އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމް މާލެއާއި އަތޮޅު ތެރޭގައި ހިންގުން.
  6. އިންކްލޫސިވް އެޑިޔުކޭޝަނަށް ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުންތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. (ކިޔަވައިދިނުމުގެ ރޮގުން ބެޗިލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗިލަރސް ޑިގްރީއެއް އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން އެޑްވާންސްޑް ސެޓްފިކެޓް ނުވަތަ ޑިޕްލޮމަރއެއް ޙާޞިލްކޮށްފައިވުން، އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 02 އަހަރު އުޅެފައިވުން، ނުވަތަ ޓީޗިންގް ސާރވިސް އޮފިސަރ ގްރޭޑް 03 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 03 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން)  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއާއި ޕްރެކްޓިކަލް  ޓެސްޓުން.

ރ. ސްޕެޝަލް އެޑިޔުކޭޝަންގެ ދާއިރާއިން ތަޢުލީމް އާއި ތަޖުރިބާ އަށް ބަލައިގެން. 

ބ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nie.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ޢާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  05 އެޕްރީލް 2017  އާއި 13 އެޕްރީލް 2017 އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30% 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3323242ފޯނަށް ގުޅުއްވުން އެދެމެވެ.  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

28 ޖުމާދަލްއާޚިރާ 1438

27 މާރިޗު 2017
ހޯދާ