ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންސާފްކުރުމަށް

 

އިޢުލާން

        

    މިއިދާރާގެ ބެލުމުގެ ދަށުގައިވާ، މިރަށު ބަނދަރުގެ އިރުމަތީފަރާތުގައި ހަދާފައިވާ ޕެޓްރޯލްޝެޑްގެ އުތުރުން ހުރަސްތޮށީގެ އެއްގަމު ސަރަހައްދުގައި ވެރިފަރާތް ކަށަވަރުނުވާ ގިނައަދަދެއްގެ ހިލަތަކެއް ބަހައްޓާފައި ހުރުމުން އެސަރަހައްދު ބޭނުންކުރުމުގައި މިއިދާރާއަށް ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

     ވީމާ މަތީގައި ބަޔާންކޮށްފައިވާ ހިލަތަކުގެ ވެރިފަރާތެއް ވާނަމަ 2017 އޭޕްރީލް 06 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ހިލަތަކުގެ ވެރިފަރާތުން ލިޔުމުން މިއިދާރާއަށް ހުށަހަޅައި ކަށަވަރު ކޮށްދެއްވައި ލިޔުމުން މިއިދާރާގެ ހުއްދަ ހޯދުމަށްފަހު 2017 އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެތަކެތި ނުވަތަ ހިލަތައް ނަގައި ބިންސާފުކުރުމަށްފަހު މިއިދާރާއަށް ބިންދެއްކުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި މިތަކެތި ނުނަގައިފިނަމަ، މިއިދާރާއިން އެތަކެތިނަގާނެ ވާހަކަވެސް ދަންނަވަމެވެ. މިއިދާރާއިން ތަކެތި ނެގުމުގައި ނުވަތަ ނެގުމަށްފަހު ލިބޭއެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާނުވާނޭ ކަމުގައި އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

          26 މާރޗް 2017               

      

 

 

 

26 މާރިޗު 2017
ހޯދާ