މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

މި އިޢުލާންވަނީ 26 މާރިޗު 2017 11:34 ގައި ބާތިލް ކުރެވިފައެވެ.


             އިޢުލާން

 

2016 ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

 

        2016 ވަނަ އަހަރު ރ.އިނގުރައިދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅުއްވާފައިވާ 33 (ތެއްތިރީސް) ގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރު: (IUL)309-AHI/309/2016/3  (13 ޖަނަވަރީ 2016) ގެ އިޢުލާނަށް އިޖާބަދީ، 255 ފަރާތުން ހުށަހަޅާފައިވާ ފޯމްތަކާއިބެހޭ ތިރީގައި އެވާ މަޢުލޫމާތު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

  • ގޯއްޗަށް އެދި ފޯމް ހުށިހެޅި ފަރާތްތަކުގެ ތެރެއިން ސަރުތު ހަމަވާ ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް
  • ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސަރުތު ހަމަ ނުވެގެން ބާޠިލު ކުރެވުނު  ފަރާތްތަކުގެ މަޢުލޫމާތު.
  • ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމާއިއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅާފައި ނުވާ ފަރާތްތައް

 

2016 ވަނަ އަހަރު ރ. އިނގުރައިދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ދާނީ ސަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކެވެ.

 

 ދަންނަވަމެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތަކަށް، ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް ހުށަހެޅުމަށް ބޭނުންފުޅުވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 23 މާރިޗް 2017 ން 02 އޭޕްރީލް 2017 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00ށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ޝަކުވާ ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައިގަނެވެން ނެތް ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 ގޯއްޗަށް އެދި ހުށަހެޅި ފޯމާއި ގުޅިގެން މައްސަލައެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ މިއިދާރާއަށް ދުރުވެ އެ މައްސަލައެއް އޮޅުންފިލުވުމަށް ދަންނަވަމެވެ. 

23 މާރިޗު 2017
ހޯދާ