ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްތަކުގައި ނަންބަރު ޖެހުން.

އިޢުލާން

ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްތަކުގައި ނަންބަރު ޖެހުމާބެހޭ.

މިރަށުގައި ޒަމާނުއްސުރެން އޮންނަ ގޮއިސަރަޙައްދުގައި ހުރި ރުއްތަކާއި ރަށުގެ އެކި ސަރަޙައްދުގައި ހުރި ރ.މ.ރުއްތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ  މިދެންނެވި ސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްތަކުގައި އެގެއަށް ދެވިފައިވާ ނަންބަރު ދަވާދުން ރަނގަޅަށް އިނގޭ ގޮތަށް މިއަދުން ފެށިގެން 15 ދުވަސްތެރޭގައި ޖެއްސެވުމަށް ދަންނަވަމެވެ.  އަދި މިދެންނެވި ގޮތަށް ނަންބަރު ނުޖަހާ ހުންނަ ރުއްތަކަކީ ރ.މ.ގެ ތަކެތީގެ ގޮތުގައި ބެލެވޭނެ ވާހަކަވެސް ދަންނަވަމެވެ.  އަދި މިހާރު ނަންބަރު ޖަހާފައިވާ ރުއްތަކުގައިވެސް އަލުން ނަންބަރު އާކޮށް ދެއްވުމަކީވެސް މިކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

22 މާރޗް 2017 

22 މާރިޗު 2017
ހޯދާ