ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2017

އިޢުލާން

 

އަހަރީ ޢާންމު ޖަލްސާ 2017

 

މިއެސޯސިއޭޝަންގެ ނަމްބަރ BAM/IUL/2017/09 ، 15 ފެބްރުއަރީ 2017 އިޢުލާން އަދި  ނަމްބަރ BAM/IUL/2017/10 ، 09 މާރިޗު 2017 އިއުލާން އަދި ނަމްބަރ BAM/IUL/2017/14 ، 20 މާރިޗު 2017  އިޢުލާނައި ޚަވާލާދީ ދަންނަވަމެވެ. 21 މާރިޗު 2017 ވަނަ ދުވަހު ބޭއްވުމަށް ކަޑައެޅުނު މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ކޯރަމް ހަމަނުވުމާއި ގުޅިގެން ވަނީ ލަސްކުރެވިފައެވެ.

21 މާރިޗު 2017 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 3ން ވަނަ ކުއްލި ބައްދަލުވުމުގައި ދެން، އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް 29 މާރިޗު 2017 ވާ ބުދަ ދުވަސް ކަނޑައަޅާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިޖަލްސާގައި މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ވެސް އަހަރީ ޢާންމު ޖަލްސާ  ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ދަންނަވަމެވެ.

ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި ފަހުން އިޢުލާން ކުރެވޭނެއެވެ. މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.ވީމާ 1 މާރިޗު 2017 ވަނަ ދުވަހުގެ ނިޔަލަށް، 2017 ވަނަ އަހަރަށް ފީދައްކާފައިވާ 31 ޑިސެމްބަރ 2016 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. މިޖަލްސާއަށް ވަޑައިގަންނަވާއިރު އެފަރާތެއްގެ އައިޑީކާޑް ގެންނަންވާނެއެވެ. އައިޑީކާޑް ނުގެންނަވާ ފަރާތްތަކަށް މިޖަލްސާގައި ބައިވެރިނުވެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ މިކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

 

21 މާރިޗު 2017

21 މާރިޗު 2017
ހޯދާ