އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

ނަންބަރު:A)AC-2017/119)   

އިޢުލާން

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

06 މެއި 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިންބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައިއާއި، ރިސޯޓުތަކާއި، ސިނާޢީ މަރުކަޒުތަކާ، އަދި ޖަލުތަކުގައި ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު، އެ ބޭފުޅެއްގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯ، އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީއަކާއެކު، 2017 އެޕްރީލް 06 ގެ ނިޔަލަށް،http://forms.elections.gov.mvމިލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަތޮޅުތެރޭގައިނަމަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅުއްވޭ ފަރާތްތައް ސިޓީ/އަވަށު/އަތޮޅު/ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

        ޝަރުތު:

1-      ޢުމުރުން 18 އަހަރާ 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުން

2-      އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުން ގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން.

3-      ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

4-      އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

5-      ޞިއްޚީ ގޮތުން މިފަދަ މަސައްކަތަކަށް ޤާބިލް މީހުން ކަމުގައިވުން.

އުޖޫރަ:

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1300/-ރ (އެއްހާސް ތިންސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1000/-ރ (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް 800/-ރ (އައްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/600 ރ (ހަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އަދި ކަނޑައެޅިފައިވާ އުޞޫލުން ވޯޓުލާދުވަހު ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެ. މިފައިސާ ދެވޭނީ ވޯޓުލައި ނިމުމުން މަސައްކަތްކުރި އުޖޫރައާއެކުގައި.

މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހުގެ ދަންވަރު 12:00ގެ ފަހުން މަސައްކަތްކުރައްވަން ޖެހޭނަމަ، މަސައްކަތުގައި ހޭދަވާ ކޮންމެ ގަޑި އިރަކަށް ވެރިޔާއަށް -/100ރ، އެހީތެރިޔާއަށް –/75ރ (ހައްދިހަ ފަސް ރުފިޔާ) އަދި އެހެން އޮފިޝަލުންނަށް -/50ރ (ފަންސާސް ރުފިޔާ) ރޭޓުން އުޖޫރަ ދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި ތަމްރީނު ފުރިހަމަނުކުރައްވާ ފަރާތްތަކަށް އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.

  • މި ތަމްރީނުތައް އޮންނާނީ 2017 އެޕްރީލް 09 އިން 13 އަށެވެ.
  • ޢާންމުގޮތެއްގައި ތަމްރީނުތައް އޮންނާނީ ރަސްމީދުވަސް ދުވަހާއި ހުކުރުދުވަހު މެންދުރު ފަހާއި ރޭގަނޑުގެ ވަގުތުތަކާއި އަދި ހޮނިހިރު ދުވަސްތަކުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކުސް ދީގެންނެވެ. އަދި ރިސޯޓް، ސިނާޢީ މަރުކަޒު، ޖަލު ތަކަށް ދާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރީރެޖިސްޓަރޭޝަން މަރުޙަލާގައި އެތަނެއްގައި ރީރެޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް މަތިން މާކުސް ލިބުނު ކަމުގައިވީނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. 

ޢިއުލާނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން އޮފިޝަލުން ހޮވުމުގެ މަސައްކަތް ފެށޭނެއެވެ. މިމުއްދަތުގެ ފަހުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ކުރިން އެޕްލައިކޮށްފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހުގައެވެ.

އޮބްޒާވަރ، މޮނިޓަރ، އަދި ކެނޑިޑޭޓުގެ މަންދޫބެއްގެ ގޮތުގައި ކުރިމަތިލާފައިވާ ފަރާތަކުން އޮފިޝަލަކަށް ކުރިމަތިލާފައި ވީނަމަވެސް، އޮބްޒާވަރ، މޮނިޓަރ އަދި މަންދޫބު ފާސް އެފަރާތަށް ދޫކުރެވޭ ހިސާބުން އޮފިޝަލްކަމުން ވަކިކުރެވޭނެއެވެ.

އޮންލައިން ފޯމާއެކު އެޓޭޗްކުރަންޖެހޭ ތަކެތި:

  • މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒްގެ ފޮޓޯ.
  • ލިބިފައިވާ  ސަނަދުތަކުން އެންމެމަތީ ސަނަދުގެ ކޮޕީ.

ނޯޓް: މި އިޢުލާނުގައި ފޯމުހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚް އޮތްކަމުގައިވިއަސް ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، މީހުން ހަމަވަންދެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ބަލައިގަންނާނެވާހަކަ ދެންނެވީމެވެ.

23 ޖުމާދުލްއާޚިރް  1438

22 މާރިޗު 2017
ހޯދާ