މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޤައުމީ ޕޮލިސީ ލޯންޗް ކުރުމަށް ރަސްމިއްޔާތެއް ބޭއްވުމަށް ތަނެއް ހޯދުމާއި ތަނުގެ ތައްޔާރީތައް އިންތިޒާމު ކުރުމާއި ކެއުން ހަމަޖެއްސުމުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓުން ފެނާއި ނަރުދަމާގެ ޤައުމީ ޕޮލިސީ ލޯންޗްކުރުމަށް ރަސްމިއްޔާތެއް ބޭއްވުމަށް ތަނެއް ބޭނުންވެއެވެ.

މި ރަސްމިއްޔާތަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ' ޓާރމްސް އޮފް ރެފަރަންސް ' މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިންގެ އިތުރުން މި އިޢުލާނާއިކު އެޓޭޗް / ޑައުންލޯޑް ކުރެވޭނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މާރިޗު 20 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 މާރިޗު 20 ވާ ހޯމަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" ފެނާއި ނަރުދަމާގެ ޤައުމީ ޕޮލިސީ ލޯންޗް ކުރުމާއި ބެހޭ "

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

19 މާރިޗު 2017
ހޯދާ