ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

ނަންބަރު: FNK-K(T)/FNK/IUL/2017/034

 

އަންދާސީހިސާބު ބޭނުންވެއްޖެ

 

ތިރީގައިވާ ސްފެސިފިކޭޝަން އާއި އެއްގޮތަށް މި ކުންފުންޏަށް އާރް.އޯ ޕްލާންޓްގެ ހައިޑްރޯލިކް ޕްރެޝަރ ބޫސްޓަރ އަށް ބޭނުންވާ ސްޕެއާ ގަންނަން ބޭނުންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

Brand: FEDCO

Model: HPB - 60

Serial: 3955

 

Item

Description

Unit

Qty

1

Center Bearing Kit – center bearing, o-ring kit

Nos

04

2

Diffuser Kit – diffuser and o-ring kit

Nos

04

3

Overhaul Kit – rotor, diffuser, center & thrust bearing, o-ring kit

Nos

04

4

O-Ring Kit – complete set of o-rings

Nos

04

5

Rotor Removal Tool Kit – rotor removal tool

Nos

04

6

Rotor Kit – dynamically balanced, custom rotor

Nos

04

7

Thrust Bearing Kit – thrust bearing, o-ring kit

Nos

04

 

 

 

 

 

 

ބިޑް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން:

 

  • އަގު ހުށަހަޅާއިރު ސްޕެސިފިކޭޟަން ގައި ބަޔާންކޮއްފައިވާ ހުރިހާ ތަކެއްޗަކަށް އަގުހުށަހަޅަންވާނެއެވެ.
  • މި ބީލަމުގައި ބަލައިގަނެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިން އަގު ހުށަހަޅައިފައިވާ ނަމައެވެ.
  • ބީލަން ހުށަހަޅާއިރު ހުށަހަޅާތަކެތީގެ ޑޭޓާ ޝީޓް ނުވަތަ ޓެކްނިކަލް މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.
  • ހުށައަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.

 

ހުށަހަޅަންވީ ތަކެތި:

 

  • މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު (އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު ވަކިން އިނގޭނެހެން، ދިވެހި ރުފިޔާއިންނެވެ)
  • ސަޕްލައިކޮށްދެވޭނެ މުއްދަތު
  • އަގު ހުށައަޅަންވާނީ ސީ.އައި.އެފް މާލެ ޕްރައިޒް އެވެ.
  • ސެޓިފިކެޓް އޮފް އޯތެންޓިސިޓީ
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)

 

އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް

 

  • އަގަށް 55 ޕޮއިންޓްސް
  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 55
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 35 ޕޮއިންޓްސް
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x  35
  • ސެޓިފިކެޓް އޮފް އޯތެންޓިސިޓީއަށް 10 ޕޮއިންޓްސް

 

 

 

 

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

Managing  Director

Fenaka Corporation Ltd

Iulaan No: FNK-K(T)/FNK/IUL/2017/034

Port Complex.7th Floor

Hilaalee Magu, Maafannu

Male’

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް   

އިޢުލާން ނަންބަރ:

ޕޯރޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު،  މާފަންނު

މާލެ

 

           

ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2017 މާރޗް 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މާރޗް 19 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ނުވަތަ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.

 

 

17 ޖުމާދަލްއާހިރާ 1438

16 މާރިޗު 2017

 

16 މާރިޗު 2017
ހޯދާ