މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ތަށިމުށި ޖަހާ ސިމެންތި އަދި ތަށިމުށި ތަތްކުރާ ސިމެންތި ކްލެސިފައި ކުރުމާބެހޭ

ރާއްޖެއަށް އެތެރެކުރެވޭ (Waterproof tile mortar C800) ތަށިމުށި ޖަހާ ސިމެންތި އަދި (Waterproof tile adhesive C500) ތަށިމުށި ތަތްކުރާ ސިމެންތި ކްލެސިފައި ކުރުމުގައި އޮޅުން އަރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ވާރލްޑް ކަސްޓަމްސް އޮގަނައިޒޭޝަނުގެ ލަފަޔަކަށް އެދުމުން އެފަރާތުން ދީފައިވާ ލަފާގައިވާ ގޮތުގެ މަތީން މިދެބާވަތުގެ މުދާ ކްލެސިފައި ކުރަންޖެހޭ ގޮތުގެ ތަފުސީލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓް އޮފް ކޮންޓިޓީ

Waterproof Tile Mortar C800

3214900099

0%

KGS

Waterproof Tile Adhesive C500

3214900099

0%

KGS

ވީމާ، މިދެބާވަތުގެ މުދާ ރާއްޖެ އެތެރެކުރުމަށް ކަސްޓަމްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މަތީގައި ބަޔާން ކުރެވުނު ގޮތުގެ މަތީން ޢަމަލު ކުރެއްވުން އެދެމެވެ.

20  ޛުލްޤަޢިދާ  1434

26 ސެޕްޓެންބަރު 2013
ހޯދާ