ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު:145-A/2017/ 06    

ތާރީޚް:  08 މާރިޗު 2017  

މަޤާމު

ސުޕަވައިޒަރ  

ރޭންކް: ޖީ.އެސް 3

ޢަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން

ކުރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މިމާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން، ނުވަތަ

2-     މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-     ކޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ގޮތް ސްޕަވައިޒްކޮށް ބެލެހެއްޓުން.

2-     ކޯޓުގެ މަރާމާތު ކުރަންޖެހޭ ތަންތަން ފާހަގަކޮށް ކުދި ކުދި މަރާމާތްތައްކުރުމާއި، އެމަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

3-     ކޯޓަށް ހޯދަންޖެހޭ މުހިންމު ތަކެތީގެ އަގުބެލުމުގެ މަސައްކަތް.

4-     ކޯޓުގައި ހިނގާ މަރާމާތުގެ މަސައްކަތްތައް ސްޕަވައިޒްކުރުމުގެ މަސައްކަތް.

5-     ކޯޓުގެ ލައިޓްތަކާއި، އެއައަރކޯން ފަދަ ތަކެއްޗަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުން.

6-     ކޮންމެ ހަފުތާއަކު އެއްފަހަރު އެއަރކޯންތަކުގެ ފިލްޓަރުތައް ސާފުކޮށްބެލެހެއްޓުން

7-     ކޯޓުގެ އެކިދިމަދިމާލުގައި ހުރި ލައިޓްތައް ކޮންމެ ދުވަހަކު ޗެކުކުރެއްވުމާއި މައްސަލައެއް ހުންނަ ލައިޓްތައް ބަދަލުކުރުން.

8-     މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމާއި ރަގަޅުކުރަންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަން ރަގަޅު ކުރަމުންގެންދިއުން

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-     ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

23 މާރިޗު 2017 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
08 މާރިޗު 2017
ހޯދާ