މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ބަނދަރުގެ ގުދަނުގައި ބެހެއްޓިފައިވާ ގިނަދުވަސްވީ މުދަލާގުޅޭ

އިޢުލާން

މި އިޢުލާނާއެކު އެ ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ބަނދަރުގެ ގުދަނުގައި ބެހެއްޓިފައިވާ ނުގެންގޮސް ގިނަދުވަސްވީ މުދަލުގެ ތަފުސީލެވެ.

ވީމާ، މި އަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި މުދާތައް ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއްވާނަމަވެސް އެ ތަކެއްޗާމެދު ވަކިގޮތެއް ނިންމުމަށްފަހު، ބަނދަރުން ކްލިއަރކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލުކުރުމަށް މި ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކައިލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ނީލަމުގައި ވިއްކައިނުލެވޭ މުދާ ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

06 މާރިޗް 2017
06 މާރިޗު 2017
ހޯދާ