ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމް/މުދިމު ގެ މަޤާމަށް ވަގުތީ މުއައްޒަފުން ހޯދުމަށް

އިޢުލާން

            ތިރީގައި މިދަންނަވާ މަޤާމަށް ވަގުތީގޮތުން މުވައްޒަފުން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މަޤާމް:              އިމާމް/ މުދިމް

 

މަސައްކަތްކުރާ ތަން:      ގދ. ރަތަފަންދޫ މަސްޖިދުއްރަޙްމާން

ބޭނުންވާ އަދަދު:         01

މުއްދަތު:              01 އަހަރު 

ކޮންޓްރެކްޓް ކުރެވޭ މުސާރަ:  އިމާމްކަމުގެ ޝަރުތު ފުރިހަމަވާނަމަ:        ކޮންމެ ނަމާދުވަގުތަކަށް 39.77 ރުފިޔާ 

                    މުދިމުކަމުގެ ޝަރުތު ފުރިހަމަވާނަމަ:       ކޮންމެ ނަމާދުވަގުތަކަށް 33.77 ރުފިޔާ

މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށްދިނުމާއެކު، 

- އިމާމުވެ ނަމާދުކުރަން އެނގޭ މީހަކަށްވުން. އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން، ނުވަތަ

- ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުތު:

1- މަޤާމުގެ މަސައްކަތު ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

-          މުދިމުކަމުގެ ސަނަދު ލިބިފައިވުން

-          ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

-          ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކަގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

-          ޝަހާދާ ޘާނަވިއްޔާ އަދި ޤިރާއަތު ސެޓްފިކެޓް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

1-      ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ބަލައި ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.

2-      މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން

3-      މަސައްކަތު މީހުން  މަސައްކަތްކުރާ ނުކުރާގޮތް ބެލުމާއި މިސްކިތަށް ލިބެމުންދާ ގެއްލުންތައް ރަގަޅުކުރުމަށް މަސައްކަތްކުރުމާއި، މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/ މުދިމު މިސްކިތުގެތެރެ ސާފުކުރުމާއި ނަމާދުކޮށްނިމިގެން ދަމުން ބޮކި، ހޮޅިބުރި ،ފަންކާ ނިންވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

4-       ކޭތަނަމާދާއި ޢީދު ނަމާދު  ކުރުމާއި، މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.

5-       ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި: ފަރުޟު ފަސްނަމާދުގެ ވަގުތު

ހުށަހަޅަންޖެހޭ ލިޔުންތައް

 

1-          ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2-          އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3-          ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ )

4-        ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5-          ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުމެއް

 

މިއިޢުލާނާއި ގުޅިގެން މަތީގައިވާ ދަންނަވާފައިވާ ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތެއް ކުރިމަތިލާފިނަމަ މިކަމަށް އިންޓަރވިޔު ކުރުމާއެކު، ޤުރުއާން ޓެސްޓެއް ދެވޭނެއެވެ. އިންޓަރވިއުއިންނާއި ޤުރުއާންޓެސްޓުން ފާސްވާ ފަރާތްތަކަށް މިމަޤާމް ހަމަޖެއްސޭނެއެވެ. 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިކައުންސިލް އިދާރާގެ ނަންބަރު: 6840016 އާ ގުޅުއްވުން އެދެމެވެ.

 

ތަކެތި ހުށަހެޅުމުގެ ސުންގަޑި:    09 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

   01 ޖުމާދަލްއާޚިރާ 1438

   28 ފެބްރުވަރީ   2017

28 ފެބުރުވަރީ 2017
ހޯދާ