މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކެޕްޓަން
ބޭނުންވާ އަދަދު :8

މުސާރަ:

-/4624 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5780 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

8000ރ – 9000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

1. ކޯސްޓަލް ނެވިގޭޝަން (ކްލާސް 5)ގެ ސެޓްފިކެޓް ލިބިފައިވާ އަދި މަދުވެގެން 1 އަހަރުދުވަހުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

2. ގިނަ ވަގުތު ކަނޑުމަތީގައި އުޅެވޭ ސިއްޙަތު ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ސަރުކާރުގެ ޤަވާއިދު ތަކާއި ޚިލާފުނުވެ އުޅަނދުފަހަރު ދުއްވުމާއި މަސައްކަތުގައި އުޅޭއިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއި އެކު ދުއްވުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ކޮޅުވެއްޓީގެ ދަތުރުތަކުގަ އާއި އަދި އޭގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ގަޑިތަކުގައި

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

 

މަޤާމް :ބާޖް ކުރޫ
ބޭނުންވާ އަދަދު :25

މުސާރަ:

-/3072 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/3840 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4000ރ – 5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

1. ގްރޭޑް 8 ގެ ފެންވަރު 

2. ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން 

3. ބުރަމަސައްކަތް ކުރުމަށް ސިއްޙަތު ސަލާމަތުން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

4. ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ތަނަކުން ކުރޫ ކޯސް / ނިޔަމި ކޯސް ފުރިހަމަކޮށްފައިވުން.

5. އުމުރުން 40 އަހަރުން ދަށް މީހެއް ކަމުގައިވުން.

6. ކަނޑުމަތީގަ އާއި އަތްވާ ފިނީގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން. 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އުޅަނދުފަހަރު ސާފްކޮށް ފަރުވާތެރިކަމާއިއެކު ބެލެހެއްޓުމާއި، ކެޕްޓަން އަންގާގޮތުގެ މަތިންފަޅުވެރިންނާއި ގުޅިގެން މަސައްކަތް ކުރުން.

2. އުޅަނދުގެ މަރާމާތުގެ މަސައްކަތެއް ކުރާއިރު މެކޭނިކުންނަށާއި ފަޅުވެރިންނަށް އެހީތެރިވެ މަސައްކަތުގައި ބައިވެރިވުން

3. އުޅަނދުފަހަރުގެ ދަބަރުތަޅާ / ދަވާދުލުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު ސާފްކޮށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން، އުޅަނދު ފަހަރުގެ ދަބަރުތަޅާ ސާފުކޮށް ދަވާދުލުމުގެ މަސައްކަތް މެރިންކްރާފްޓް ސުޕަވައިޒަރ / މެނޭޖަރުން އަންގާ ގޮތެއްގައި ކުރަމުން ގެންދިއުން.

4. އާއްމުކޮށް މަސައްކަތް ކުރަންޖެހެނީ ގިނަ ވަގުތު ކަނޑުމަތީގައި ކަމުން އެންގި ކޮންމެ ވަގުތަކުވެސް އެއްވެސް އުޒުރުވެރިކަމަކާއި ނުލާ އޮފީހަށް ނުކުމެދަތުރުތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / މެރިންކްރާފްޓް ޑިޕާޓްމަންޓް

 

 

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

-/3984 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4980 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

7000ރ – 8000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މެރިން އިންޖިނިއަރިންގ ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮގުން ދަށްވެގެން ސެޓްފިކެޓް ލެވެލް ކޯހެއްފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުމާއި އެކު މިދާއިރާގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ދަށްވެގެން 300 ހޯސްޕަވަރުގެ އިންޖީނެއްގައި ޓެކްނީޝަނެއް ގޮތުގައި މަސައްކަތް ކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދަތުރަށް ފެށުމުގެ ކުރިން ޖަނަރޭޓަރު ސެޓާއި މެއިން އިންޖީނުގެ ތެލާއި ފެނާއި ހަމަކޮށް ދަތުރަށް ތައްޔާރުކުރުން.
  2. އިންޖީނަށާއި ޖަނަރޭޓަރުތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް ލޮގްކޮށް ދަތުރުމަތީގައި ކުރެވޭކަމަށްވާނަމަ މެރިން ޑިޕާޓްމެންޓުގެ އިންޖިނިއަރުންނާއި ގުޅިގެން މަރާމާތުގެ މަސައްކަތް ކުރުން
  3. އުތުރާއި ދެކުނުގައި ކުރެވޭ ހުރިހާ ދަރުތުތަކުގައި މެކޭނިކެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

 

މަޤާމް :ޓަގް އިންޖިނިއަރ
ބޭނުންވާ އަދަދު :5

މުސާރަ:

-/4624 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5780 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

7000ރ – 8000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މެރިން އިންޖިނިއަރިންގ ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮގުން ދަށްވެގެން ސެޓްފިކެޓް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުމާއި އެކު މިދާއިރާގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ދަށްވެގެން 300 ހޮސްޕަވަރުގެ އިންޖީނެއްގައި ޓެކްނީޝަނެއް  ގޮތުގައި މަސައްކަތް ކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދަތުރެއް ފެށުމުގެ ކުރިން ޖަނަރޭޓަރު ސެޓާއި މެއިން އިންޖީނުގެ ތެލާއި ފެނާއި ހަމަކޮށް ދަތުރަށް ތައްޔާރުކުރުން 
  2. އިންޖީނަށާއި ޖަނަރޭޓަރުތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް ލޮގްކޮށް ދަތުރުމަތީގައި ކުރެވޭކަމައްވާނަމަ މެރިން ޑިޕާޓްމެންޓުގެ އިންޖިނިއަރުންނާއި ގުޅިގެން މަރާމާތުގެ މަސައްކަތް ކުރުން
  3. އުތުރާއި ދެކުނުގައި ކުރެވޭ ހުރިހާ ދަތުރުތަކުގައި މެކޭނިކެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

 

މަޤާމް :ކުކް
ބޭނުންވާ އަދަދު :3

މުސާރަ:

-/3272 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4090 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5000ރ – 7000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މަޤާމާއި ގުޅޭ ދާއިރާއަކުން ތަމްރީން ލިބިފައިވުން ނުވަތަ މަޤާމްގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ މަސައްކަތުގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ބޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކެއްކުން.
  2. ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

 

 

 

ސުންގަޑި:

06 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. މަޤާމަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެwww.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް  ހުންނާނެއެވެ.)
  2. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯން ނަންބަރާއެކު)
  5. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ނޯޓް:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

 

1.      ވަޒީފާއަދާކުރިކަމުގެ ލިޔުން

22 ފެބުރުވަރީ 2017
ހޯދާ