މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޝަންސް އޮފިސަރ ޓްރެއިނީ

 

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އޮޕަރޭޝަންސް އޮފިސަރ ޓްރެއިނީ  

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 

  1. މުސާރަ: މަހަކު -/4401 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1890 ރުފިޔާ ( އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 

  • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އޭލެވެލް  އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއްށްވުރެ މަތިން ލިބިފައިވުން އަދި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވުމުގެ "ސީ" ގްރޭޑް  ލިބިފައިވުން ނުވަތަ؛
  • އޯލެވެލް އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ،
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 މާރިޗް 05 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                             29 ޖުމާދަލްއޫލާ  1438

                             26 ފެބްރުއަރީ 2017

         

 

 

26 ފެބުރުވަރީ 2017
ހޯދާ