މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

 

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 

  1. މުސާރަ: މަހަކު -/5130 ރުފިޔާ ( ފަސްހާސް އެއްސަތޭކަ ތިރީސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1980 ރުފިޔާ ( އެއް ހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ)
  3. ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ކޮށްތު ފައިސާ ލިބޭނެއެވެ.
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 

  • ގްރޭޑް 7ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ،
  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • B1,A1ކެޓަގަރީތަކުގެ ޑްރައިވިންގ ލައިސަންސް އޮތުމާއެކު ކުރެވޭ އިންޓަރވިއު އަކުން ފާސްވުން
  • މަސައްކަތުގެ މާހައުލުގައި މުޢާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހަކުކަމުގައިވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްހަތެއްގެ ހުރި މީހެއްކަމުގައިވުން
  •  އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  •  މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 މާރިޗް  5ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                              26 ޖުމާދަލްއޫލާ 1438  

                              26 ފެބުރުއަރީ 2017

         

 

 

26 ފެބުރުވަރީ 2017
ހޯދާ