މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުންދޭ ދޭ މަޢުލާމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ  އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއްް ހޯދަން ބޭނުން ވެއެވެ.ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 26 ފެބްރުއަރީ 2017 އިން 07 މާރިޗް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 08 މާރިޗް 2017 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 މާރިޗް 2017 ވާ ދުވަހު 10:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 19 މާރިޗް 2017 ވާ ދުވަހު 11:30 އެވެ. ޕްރީބިޑް މީޓިންގް އަދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ) ގައެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

26 ފެބްރުއަރީ 2017

26 ފެބުރުވަރީ 2017
ހޯދާ