މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްގަރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

ދިއްގަރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                  މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، 01 އޭޕްރީލް 2017 އިން 31 މާރިޗް 2018 ގެ ނިޔަލަށް، ކޮންޓްރެކްޓް އުސޫލުން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް ތަން ތާރީޚް ދުވަސް ގަޑި
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޖަލްސާކުރާ މާލަމް 06 މާރިޗް 2017 ހޯމަ 11:00
އަންދާސީހިސާބު ހުށަހެޅުން ޖަލްސާކުރާ މާލަމް 09 މާރިޗް 2017 ބުރާސްފަތި 11:00

 

 

                  މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  26 ޖުމާދަލްއޫލާ 1438

                  23 ފެބުރުއަރީ  2017

23 ފެބުރުވަރީ 2017
ހޯދާ