މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސ.ފޭދޫގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާތައްކުރާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

މިމިނިސްޓްރީ އިން 15 ފެބުރުވަރީ 2017 ޢިޢުލާނު ނަންބަރު IUL)438-ECAS/PRIV/2017/1) ހަވާލާދީ ދަންނަވަމެވެ.

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތުގެ "ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު" އަށް ވަނީ ބައެއް އިސްލާހު ގެނެވިފައެވެ. މިގޮތުން، ބީލަން ހުށަހެޅުމުގެ ސުންގަޑިއާއި، ލިޔުމުން މައުލޫމާތު ސާފުކުރުމުގެ ސުންގަޑި ވަނީ އަންނަނިވި ގޮތަށް އިސްލާހުކުރެވިފައެވެ.

 

 މައުލޫމާތު ސާފުކުރުމަށް ހުށަހެޅުމުގެ ސުންގަޑި

  9 މާރިޗް 2017 ވަނަ ދުވަހުގެ މެންދުރު 12:00

 މިނިސްޓަރީއިން ޖަވާބު ފޯރުކޮށްދިނުމުގެ ސުންގަޑި

  14 މާރިޗް 2017 ވަނަ ދުވަހުގެ މެންދުރު 12:00

 ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި

  15 މާރިޗް 2017 ވަނަ ދުވަހުގެ ހެނދުނު 11:00

އިސްލާހުކުރެވިފައިވާ "ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mvv އިން ލިބެން ހުންނާނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 9 މާރިޗް 2017 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޑްރެސްކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  15 މާރިޗް 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 15 މާރިޗް 2017 ވާ ބުދަ ދުވަހުގެ 11:00ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv 

23 ފެބުރުވަރީ 2017
ހޯދާ