މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ސަރުކާރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވައި ދެެއްވުމާއި ގުޅޭ

ސަރުކާރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވައި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އެ ވަޒީފާތަކަށް އެކަށީގެންވާ ދިވެހިން ލިބޭނެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރާނެކަން އެންމެހާ ވަޒީފާ ދޭ ފަރާތްތަކަށް ހަނދުމަފުޅުކޮށްއަރުވަމެވެ.

ވީމާ، ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހެޅުއްވުމުގެ ކުރިން، އެވަޒީފާތަކަށް އެކަށީގެންވާ ދިވެހިން ލިބޭތޯ ކަށަވަރުކުރެއްވުމަށްފަހު މި މުއައްސަސާއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ހުރިހާ ވަޒީފާ ދޭ ފަރާތްތަކަށް ވެސް އިލްތިމާސްކުރަމެވެ.

20 ފެބުރުވަރީ 2017
ހޯދާ