މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                     ނަންބަރު: MRDC-IUL/2017/04

                               ވަޒީފާގެ ފުރުޞަތު

   

     މިކުންފުނީގެ ލޭންޑިންގ ކްރާފްޓްއަށް މިދަންނަވާ މަޤާމްތަކަށްްް މުވައްޒަފުން ބޭނުންވެއްޖެއެވެ.

  

މަޤާމް:

އެސިސްޓަންޓް އިންޖިނިއަރ ، ގްރޭޑް 3

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް3

މުސާރަ:

މަހަކު -/5040 ރުފިޔާ (ފަސްހާސް ސާޅީސް ރުފިޔާ)

އެލަވަންސްތައް:

މަހަކު -/3008 ރުފިޔާ (ތިންހާސް އަށްރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް

ފެންވަރު ނުވަތަ ޝަރުތު:

-    މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓިފިކެޓެއް އޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

-  މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓިފިކެޓެއް އޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

-    ޓްރާންސްޕޯޓް އޮތޯރިޓީ ޤަބޫކުރާ މެރިން މެކޭނިކް ސެޓިފިކެޓް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   އުޅަނދުގެ މެއިން އިންޖީނާއި، ޖަނަރޭޓަރތަކާއި، މެޝިނަރީތައް ބެލެހެއްޓުން.

-   އިންޖީނާއި މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

-   އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން.

-   އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، މަސައްކަތާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

-   އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން.

-   މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން.

-   އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

-    މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމް:

ކެޕްޓަން (ލޭންޑިންގ ކްރާފްޓް)، ގްރޭޑް 2

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 3 – ގްރޭޑް2

މުސާރަ:

މަހަކު -/6080 ރުފިޔާ (ހަހާސް އަށްޑިހަ ރުފިޔާ)

އެލަވަންސްތައް:

މަހަކު -/6216 ރުފިޔާ (ހަހާސް ދުއިސައްތަ ސޯޅަރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް

ފެންވަރު ނުވަތަ ޝަރުތު:

- ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ އާއި ޑީ) ލިބިފައިވުން.

-     200ޓަނަށްވުރެ  މަތީ  ކެޕޭސިޓީގެ  2  އިންޖީނުލީ  ކަނޑު  އުޅަނދުފަހަރު  ދުއްވުމުގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-    ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ ނިޔަމިކަމުގެ ސެޓުފިކެޓު ލިބިފައިވުން.

-    ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   އުޅަނދާއި ފަޅުވެރިން ބެލެހެއްޓުން.

-   އެމްއާރުޑީސީ އިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުން.

-   އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި، ގެއްލުންތައް ރިޕޯޓްކުރުމާއި، މަރާމާތަށް ބޭނުންވާ ހުއްދަ ހޯދުމާއި، މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.

-   އުޅަނދު ސާފުކޮށް ބެލެހެއްޓުވުމާއި، މަސައްކަތާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

-   އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން.

-   މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން.

-   އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

-މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި   ޢަމަލީގޮތުން ބައިވެރިވުން.

މަޤާމް:

ފަޅުވެރި ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

02 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 3 – ގްރޭޑް1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

އެލަވަންސްތައް:

މަހަކު -/2912 ރުފިޔާ (ދެހާސް ނުވަސަތޭކަ ބާރަރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް

ފެންވަރު ނުވަތަ ޝަރުތު:

- ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަޅުވެރިންގެ ސެޓުފިކެޓު އޮތުމާއެކު ކަނޑުގެ އުޅަނދުފަހަރު                  ގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

- ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   އުޅަނދު ބެލެހެއްޓުން.

-   އެމްއާރުޑީސީ އިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުމަށް އުޅަނދުގެ ކެޕްޓަނުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން.

-   އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން.

-   އުޅަނދު ސާފުކޮށް ބެލެހެއްޓުން.

-   މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން.

-   އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

-   މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމް:

ކައްކާ ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 3 – ގްރޭޑް1

މުސާރަ:

މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑި ރުފިޔާ)

އެލަވަންސްތައް:

މަހަކު -/3136 ރުފިޔާ (ތިންހާސް އެއްސަތޭކަ ތިރީސް ހަރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

ދުވާލަކަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ) ދަތުރުގައި ހޭދަވާ ކޮންމެ ދުވަހަކަށް

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓް

ފެންވަރު ނުވަތަ ޝަރުތު:

- ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަޅުވެރިންގެ ސެޓުފިކެޓު އޮތުމާއެކު ކަނޑުގެ އުޅަނދުފަހަރު                  ގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

- ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-   ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރަން އެނގުން.

-   އާންމު ގޮތެއްގައި ދިވެހިން ކެއިން ބުއިމަށް ބޭނުންކުރާ ކާނާ ތައްޔާރުކުރަން އެނގުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކޯޕަރޭޝަނުގެ ލޭންޑިންގ ކްރާފްޓްގައި ތިބޭ ހުރިހާ މުވައްޒަފުންނަށް ބޭނުންވާ ކޮއްތު ތައްޔާރުކޮށްދިނުން.

-މެނޫ ތައްޔާރުކޮށް މެނޫއާއި އެއްގޮތަށް ސުފުރާމަތި ތައްޔާރުކޮށްދިނުން.

-ކައްކަން ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އެކު އިތުރަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓު ތައްޔާރުކޮށް ރިކުއެސްޓް ކުރުން.

-ކައްކަން ބޭނުންކުރާ ތަކެތި ހަލާކުވިޔަނުދީ ބެލެހެއްޓުން.

-ބަދިގެ ސާފުތާހިރުކޮށް ބެލެހެއްޓުން.

-   މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގެ ޢަމަލީގޮތުން ބައިވެރިވުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 މާރޗް 02 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރި މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ފެބްރުވަރީމަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                            25 ޖުމާދަލްއާޚިރު   1438

                            22 ފެބުރުއަރީ     2017   

22 ފެބުރުވަރީ 2017
ހޯދާ