މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޢުމްރާނީ މަސައްކަތްތަކަށް މީހުން ހޯދައިދޭނެ ފަރާތަކާއި ބެހޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އެމް.އޭ.ސީ.އެލްގެ ޢުމްރާނީ މަސައްކަތްތަކަށް މީހުން ހޯދައިދޭނެ ފަރާތަކާއި ބެހޭ

 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ ޢުމްރާނީ މަސައްކަތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް މީހުން ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިދެންނެވި މީހުން ނެގުމަށް ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަށެވެ.

 

މަސައްކަތު ގަޑި

ޢުމުރު

ބޭނުންވާ ޢަދަދު

އިންސާނީ ވަސީލަތް

#

08:00-16:00

18-45

11

 ވަޑި "ކާޕެންޓަރު" ( ދިވެހިން)

1

08:00-16:00

18-45

7

 ރާނާ މީހާ "މޭސަން" ( ދިވެހިން)

2

08:00-16:00

18-45

4

ސުޕަރވައިޒަރު ( ދިވެހިން)

3

08:00-16:00

18-45

38

މަސައްކަތު މީހާ "ލޭބަރުން" ( ދިވެހިން)

4

08:00-16:00

18-45

2

ވެހިކަލް ދުއްވާ މީހާ "ޑްރައިވަރު" ( ދިވެހިން)

5

08:00-16:00

18-45

6

"ވެލްޑަރު" ( ދިވެހިން)

6

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2017 މާރިޗު 01 ވާ ބުދަދުވަހުގެ ހެދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނަގަން ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ނަގަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 މާރިޗު 09 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މާރިޗު 09 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

22 ފެބުރުވަރީ 2017
ހޯދާ