ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް

އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)              

މަސައްކަތުގެ މުއްދަތު: 6 މަސްދުވަސް

މުސާރަ: މަހަކު 2050.00 (ދެހާސް ފަންސާސް) ރުފިޔާ

ގިންތި: ވަގުތީ

މަސައްކަތް ކުރަންޖެހޭ ވަގުތު: ރަސްމީ ކޮންމެ ދުވަހަކު 3 ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

  1. ޓިވެޓް އޮތޯރިޓީގެ އިމާރާތް ފޮޅާ ސާފުކުރުމާއި ފާޚާނާތައް ސާފުކޮށް ރީތިކޮށް ބެލެހެއްޓުން
  2. އުކާލަންޖެހޭ ކުނިތައް އުކާލުމަށްޓަކައި ޑަސްބިނަށް އަޅާ ކުނި އުކާލަން ބަހައްޓަންޖެހޭ ސަރަހައްދަށް ގެންދިއުން
  3. ޖަލްސާތަކަށާއި ޓިވެޓް އޮތޯރިޓީއިން ބައިވެރިވާ އެހެނިހެން އިވެންޓްތަކުގައި ޓިވެޓް އޮތޯރިޓީގެ މުވައްޒަފުންނާއި ބައިވެރިވެގެން މަސައްކަތް ކުރުން
  4. ސިޓީއާއި އެހެނިހެން ތަކެތި ބެހުން
  5. މީގެއިތުރުން މަގާމާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން

މަގާމުގެ ޝަރުތު

  1. ލިޔަންކިޔަން ދަތުމާއި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލުކަން ލިބިގެންވުން
  2. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

 

 

އިންޓަވިއުކުރުން:

  1. މި މަގާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 10 މާރިޗު 2017 އާއި 15 މާރިޗު 2017އާ ދެމެދުގެ ތާރީޚެއްގައި ޓިވެޓް އޮތޯރިޓީގައެވެ.
  2. ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 06 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުންނާއި އަދި ޓިވެޓް އޮތޯރިޓީއިން ލިބެން ހުންނާނެ އެވެ. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓްގެ އެޑްރެހަކީ www.tvet.gov.mv އެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ލިޔުންތައް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި  މަގާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ޓެކްނިކަލް  އެންޑް ވޮކޭޝަނަލް  އެޑިޔުކޭޝަން  އެންޑް  ޓްރެއިނިންގ  އޮތޯރިޓީ (ހ. ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯ) އަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 05 މާރިޗު 2017 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

- ވަޒީފާއަށް އެދޭ ފޯމާއި އަދި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޖުމާދަލްޢޫލާ 1438

22 ފެބުރުވަރީ 2017
ހޯދާ