މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ފަތުރުވެރި ކަމާބެހޭ ތަފާސްހިސާބު ހުށަނާޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން

އިޢުލާން

ދިވެހިރާއްޖޭގެ ފަތުރުވެރި ކަމާބެހޭ ތަފާސްހިސާބު ހުށަނާޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން

މިމިނިސްޓްރީގެ ގަވާއިދު ނަންބަރު 2011/R-19 (ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާ ބެހޭ ޤަވާއިދު) ގެ ތިންވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ރިޕޯޓްތައް  ހުށަނާޅާ ފަރާތްތަކާއި މެދު، އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ފިޔަވަޅު އަޅާނެކަން ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ޓޫރިސްޓް ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުފަހަރު ހިންގާ ފަރާތަތްތަކުން ރިޕޯޓްތައް މިމިނިސްޓްރީއަށް ހުށަހަޅަމުން ނުދާތީ އެފަރާތްތަކަށް މިކަން ހަދުމަކޮށް އަރުވައި، މިގަވާއިދާއި އެއްގޮތަށް ރިޕޯޓް ހުށަނާޅާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަން މިމިނިސްޓްރީގެ ސާރކިއުލަރ ނަންބަރު 88-SS/CIR/2017/3 (31 ޖެނުއަރީ 2017) އިން އެފަރާތްތަކަށް ވަނީ ހަނދުމަކޮށް އެރުވިފައެވެ. ނަމަވެސް، މިއަހަރުގެ ޖެނުއަރީމަހުގެ ރިޕޯޓްތައްވެސް މިމިނިސްޓްރީއަށް ހުށަހަޅުއްވާފައިވަނީ، ވަރަށްމަދު ތަނަކުންކަން ފާހަގަ ކުރެވެއެވެ.

ވީމާ، މަތީގައި ދެންނެވުނު ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި ގޮތަށް، މިއަހަރުގެ ޖެނުއަރީމަހުގެ ރިޕޯޓްތަށް މިމިނިސްޓްރީއަށް ހުށަނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަން އެއްމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިއުލާން ކުރީމެވެ.  

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

23 ޖުމާދަލްއޫލާ 1438ހ

 

20 ފެބުރުވަރީ 2017
ހޯދާ