މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމް :އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ
ބޭނުންވާ އަދަދު :1

މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ

       ނ. ފޮއްދޫ                                            

 

                                           ނަންބަރ: (IUL)296/296/2017/8

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މިގާމަށް މުއައްޒަފަކު ހޯދުމަށް މި އިދާރާއިން ކުރި ނަންބަރ: (IUL)296/296/2017/04 އިޢުލާން އަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް:  އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

ރޭންކް: ޖީ އެސް 3

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް1

އިދާރާ : މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް : އިކޮނޮމިކް ، ޝޯސަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަރޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމްގެ ގިންތި:  ވަގުތީ ( މިމަޤާމަކީ 2 އަހަރު ދުވަހުގެ މުއްދަތަށް ނަގާ މަޤާމެކެވެ )

ބޭނުންވާ އަދަދު: 1 (އެކެއް)

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި އެކި މަޝްރޫޢުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. އަބާދީއަށް އަންނަ އުނި އިތުރު ބެލެހެއްޓުމާއި އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  3. ބިމާއި ގޯތި ގެދޮރުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން
  4. ރަށުގައި ކުރެވޭ އިޤްތިޞާދީ އެންމެހާ މަސައްކަތުގެ މައުލޫމާތު ލިޔެ ބެލެހެއްޓުން

 

 

 

 

  1. ޤުދުރަތީ ގޮތުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ މައުލޫތު ލިޔެ ބެލެހެއްޓުމާއި އަދި ކަމާބެހެ ފަރާތްތަކަށް ފޮނުވުން.
  2. އޮފީހަށް ހޯދަން ޖެހޭ މުދާ ޤަވާއިދާ އެއް ގޮތަށް ހޯދާއި އިންވެންޓްރީ / އަދި ސްޓޮކް ބެލެހެއްޓުން.
  3. ރައްޔިތުންގެ މުދަލުގެ ހިސާބު ބެލެހެއްޓުން.
  4. ހުކުރުނަމާދާއި، ޢީދު ނަމާދާއި ، ކޭތަނަމާދާއި ގުޅޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި   ކަށުކަމާ ކެމީގެ ކަންކަންމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  5. ފާހަގަ ކުރާ މުނާސަބަތާއި ގުޅިގެން ހިންގާ ހަރާކަތް ރޭވުގައި އެހީތެވުމާއި އެފަދަ ހަރަކާތްތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

10. ރަށުގައި އުޅޭ ބިދޭސިންނާއި ބެހޭ މައުލޫމާތު ލިޔެ ބެލެހެއްޓުން.  

 

މަޤާމްގެ ޝަރުޠު

  1. މަޤާމް މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 3 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއި އެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

    ނުވަތަ

ނުވަތަ

  1. ޘާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައި ވުމާއިއެކު ، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާސިލް ކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

   2017 ފެބްރުއަރީ 26 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2.00ގެ ކުރީން މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: fodhdhoo.noonu14@gmail.com ފެކްސް 6560017)

ހުށައަޅަން ޖެހޭ ލިޔެކިޔުންތައް:

  1. ސިވިލްސާރވިސް ވަޒީފާއަށް އެދި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާއިންނާއި ސިވިލް ސާރވިސްގެ ވެބްސައިޓުންwww.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ ، އަދާކުރާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތް ކަމަށް ، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހަ ތަޢުލީމީ ސެޓްފިކެޓް ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފެންވަރުބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓިފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީތައުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓިފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ (މި ފަދަ ސެޓިފިކެޓް އެކްރިޑެޓް ކުރާކަށް ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ.

(ނ) ސިވިލް ސާރވިސް  ޓްރޭނިންގ އިންސްޓިޓިއުޓް ހިންގާ ކޯސްތަކުގެ ސެޓިފިކެޓް ކޮޕީ.

  1. ފުރިހަމަ ކުރި  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓިފިކެޓް ކޮޕީ.
  2. މަސައްކަތު ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުއައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560016 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރ 6560017 އެވެ. މެއިލް ކުރައްވާނީ fodhdhoo.noonu14@gmail.com  އަށެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

    28 ފެބްރުއަރީ 2017 އާއި 01 މާރޗް 2017 އާއި ދެމެދު ތާރީޚެއްގައި މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

  މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ  އަދަދު 10 އަށްވުރެ ގިނަނަމަ ، ތައުލީމީ ފެންވަރާ ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތި ލާފާރަތްތަކުގެތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރަ އާއި އިނާޔަތްތައް:

  1. ސިވިލްސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނުނުގެ ދަށުން ލިބިދޭ ޕެންޝަންކޮންޓްރިބިއުޝަން
  3. ސިވިލްސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މިއިޢުލާން ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ފޮއްދޫ ކައުންސިލް އިދާރާގެ ފޯން 6560016 ނުވަތަ 7558935 އާއިއެވެ. ފެކްސް: 6560017 އެވެ. އީމެއިލް  ކުރައްވާނީ fodhdhoo.noonu14@gmail.com  އަށެވެ.

   މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     17 ޖުމާދުލްއާޙިރު  1438

      14 ފެބްރުއަރީ  2017

 

 

                                                 

     

14 ފެބުރުވަރީ 2017
ހޯދާ