ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                           އިޢުލާން 

ކޮންޓްރެކްޓް އުޞޫލުން ކިނބިދޫ ކުނިގޮނޑު ސަރަހައްދު ބަލަހައްޓައިދޭނެ ފަރާތެއް ހޯރުމަށް ކުރި މި އިދާރާގެ ނަމްބަރ : (IUL)393/393/2017/06  (07 ފެބްރުއަރީ 2017 ) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރު ވެފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް 03 ވަނަފަހަރު އަލުން އެކަމަށް އިޢުލާންކޮށް ފުރުޞަތު ހުޅުވާލަމެވެ.

  މަސައްކަތާއިބެހޭ މަޢުލޫމާތު:

      1- ކުރަންޖެހޭ މަސައްކަތްތަކަކީ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅައި ނައްތާލުމަށް ހަދާފައިވާ ކުނިގޮނޑަށް ގެންނަ ކުނިތައް އެކިބާވަތްތައް ވަކިވަކިކޮށް އަނދާ ކަހަލަ ތަކެތި އަންދައި އެނޫން ތަކެތި މަދިރި ނުއުފެދޭނެ ގޮތަކަށް އެއްތަނަކަށް ޖަމާކޮށް ގޮނޑު މެނޭޖްކޮށް ގޮނޑުގެ ސަރަހައްދު ބެލެހެއްޓުން

      2- ގޮނޑުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު ދުވާލަކު 7 ގަޑިއިރުއެވެ.

      3- މިމަސައްކަތުގެ އަގެއްގެ ގޮތުގައި މަހަކަށް ހުށަހަޅުއްވާ އަގު -/5000 ރުފިޔާއަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި -/5500 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

      4- މިމަސައްކަތަށް ކުރިމަތިލައްވާފަރާތަކީ ޢުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހުން ކަމުގައިވާންވާނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތަކީ ވަޒީފާއެއްގައި އުޅޭ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

      5- މިމަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުމުގައި، އެމީހަކު ޢަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން އެޕްލޭނުގައިވާ ކަންތައްތަކާއި، ހުށަހަޅުއްވާ އަގަށް ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

            ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 28 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި މަސައްކަތަށް ޕްރަޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 02 މާރޗް 2017 ވާ ބްރާސްފަތި ދުވަހުގެ މެންދުރު ކުރީ 11:00 ގައި މި އިދާރާއަށެވެ.

            މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލް ތަކާއި، ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2017
ހޯދާ