ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޤަވާއިދާ ޚިލާފަށް ހުރި ކަންކަން އިޞްލާޙް ކުރުން

ރަށުގައި ޤަވާއިދާ ޚިލާފަށްހުރި ކަންކަން އިޞްލާޙްކުރުން.

މިއިދާރާއިން ޢާއްމުކޮށްފައިވާ ނަންބަރ IUL)378/2016/53) (ގެޒެޓް ނަންބަރު: 2013/R/1608  ގައިވާ ހުޅުދެލީ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދާއި، އެޤަވައިދުތަކަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލުކުރަން ފެށުން.)  އަދި ނަންބަރު IUL)378/2017/2) އިޢުލާން ( ގެޒެޓް ނަންބަރު: 2014/R-133  ގައިވާ ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވައިދާއި އެޤަވައިދުތަކަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކަށް  އަދި ގެޒެޓް ނަންބަރު: 2014/R-138 ގައިވާ ޢާންމު އުނދަގުލާބެހޭ ޤަވާއިދަށް ޢަމަލުކުރަން ފެށުން.) ވާނީ މިއިދާރާއިން މީގެކުރިން ޢާއްމު ކޮށްފައެވެ. ނަމަވެސް އަދިވެސް ބައެއް މަގުތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި، މަގުމައްޗަށް ވާގޮތަށް ހުރި ގަސްގަހާއި ރުއްތައް ހުރިކަން މިކައުންސިލަށް ފަހަގަކުރެވެއެވެ.

ވީމާ، އެފަދަ ފަރާތްތަކަށް މިކަންކަން އިޞްލާޙްކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މިހެން ދަންނަވަން ޖެހުނީ ރަށުގެ މަސްލަޙަތު ހިފެހެއްޓުމަށާއި ހަމަހަމަކަން ޤާއިމްކުރުމަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 

 16 ފެބްރުއަރީ 2017

16 ފެބުރުވަރީ 2017
ހޯދާ