މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ސަޕްލައިކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ތިރީގައި މި ދަންނަވާ ފަރުނީޗަރު، ށ. ތަޢުލީމީ މަރުކަޒު އަށާއި ދ. އަތޮޅު މަދަރުސާ އަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.

ށ. އަތޮޅު ތަޢުލީމީ މަރުކަޒު / ށ. ކޮމަންޑޫ

140 ޑެސްކު

04 ޓީޗަރސް ޓޭބަލް

04 ވައިޓް ބޯޑް

140 ޕްލާސްޓިކު ގޮނޑި (އަތްގަނޑު ނުލާ)

04 ޕްލާސްޓިކު ގޮނޑި (އަތްގަނޑު ލީ)

ދ. އަތޮޅު މަދަރުސާ / ދ. މީދޫ

210 ޑެސްކު

06 ޓީޗަރސް ޓޭބަލް

06 ވައިޓް ބޯޑް

210 ޕްލާސްޓިކު ގޮނޑި (އަތްގަނޑު ނުލާ)

06 ޕްލާސްޓިކ ގޮނޑި (އަތްގަނޑު ލީ)

 

މަޢުލޫމާތު ސާފުކުރުން:

މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް / 9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގް ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.                          

   

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:  

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ "ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާރނީޗަރ (ށ. އަތޮޅު ތައުލީމީ މަރުކަޒު)" އަދި "ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާރނީޗަރ (ދ. އަތޮޅު މަދަރުސާ)"ޑޮކިޔުމަންޓް ފުރިހަމަކުރެއްވުމަށްފަހު، ހުށައަޅުއްވަން ވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމެނިފައި ވާނެއެވެ. މީގެ އިތުރުން، މަޢުލޫމާތު ޝީޓެއްވެސް ހިމެނޭނެއެވެ. މި ޑޮކިޔުމަންޓްތައް  ހޯއްދެވުމަށް އެދި [email protected]  ނުވަތަ  [email protected] އަށް އީ-މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް http://eedp.moe.gov.mv/#/download  އިން ޑައުންލޯޑް ކުރެއްވޭނެއެވެ. މި ޑޮކިޔުމަންޓް ފުރިހަމަނުކޮށް ހުށައަޅުއްވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މި ދަންނަވާގޮތަށް އެޑްރެސް ކުރައްވާފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް / 9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ ގައެވެ. މިގަޑީގެ ފަހުން ހުށައަޅުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި "ރިކުއެސްޓް ފޯރ ކޯޓޭޝަން" ޑޮކިޔުމަންޓް ފުރިހަމަނުކޮށް ހުށައަޅުއްވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެއެވެ.

 

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318 ނަންބަރު ފޯނަށެވެ.  ނުވަތަ އީ-މެއިލް ކުރައްވާނީ  [email protected]  ނުވަތަ  [email protected]  އަށެވެ.

 

19 ޖުމާދިލްއޫލާ 1438

16 ފެބުރުވަރީ 2017
ހޯދާ