މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ސުރުހީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)229-IED/229/2016/43 ( 05 ޑިސެމްބަރ 2016 ) އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ކައުންސިލުން ނިންމާފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 22 ފެބްރުއަރީ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހު 13:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރަން ވަޑައިގަންނަވާއިރު މިފަދަ މަސައްކަތްތައް ކުރުމަށް ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ހުއްދައިގެ ކޮޕީ ހުށަހަޅުއްވަންޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " 3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދިނުމާއި ބެހޭ ޕްރޮޕޯސަލް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2017
ހޯދާ