ށ.ފޭދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސް ޑްރައިވްރ

ފޭދޫ ޞިއްޙީމަރުކަޒު

ށ.ފޭދޫ / ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ނަންބަރ: C04-SM/IUL/2017/02

ތާރީޚް: 16 ފެބްރުއަރީ 2017

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް

ޑްރައިވަރ (ދާއިމީ)

ބޭނުންވާ ޢަދަދު

01

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470ރ

ސާރވިސް އެލަވަންސް

މަހަކު -/1000ރ

އޮފީސް:

ށ. ފޭދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފޭދޫ ޞިއްޙީމަރުކަޒު / ށ.ފޭދޫ

 

ތައުލީމާއި ތަޖުރިބާ

  1. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލުކުރާ B1 ކެޓެގަރީ ލައިސަންސް ހާސިލްކޮށްފައި ވުމާއި އެކު ލިޔަން ކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި،އެ މަސައްކަތް ކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތައުލީމާއި،ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެމްބިއުލާންސްގައި ކުރަންޖެހޭ ދަތުރުތަށް ފަސްނުޖެހި ކުރުން.
  2. އެމްބިއުލާންސްއަށް ބޭނުން ވާ ތެޔޮ، ފެން ފަދަ ތަކެތި ހަމަތޯ ޗެކުކުރުން.
  3. އެމްބިއުލާންސް ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  4. އެމްބިއުލާންސް ދުއްވުމުގައި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  5. އެމްބިއުލާންސް އަށް ދިމާވާ އެކި އެކި މައްސަލަތައް އޮފީހަށް އަންގާ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުން.
  6. އެމްބިއުލާންސް ބާއްވާ ގަރާޖު ސާފުކޮށް ބެލެހެއްޓުން.

އިނާޔަތްތައް

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞުލޫން އިތުރުގަޑީގެ ފައިސާ

ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯރމް ( މި ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ)
  2. ސިވިލް ސާރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ( މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ)

(ނ) ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭފަދަ ކޮޕީ.

7. މުއްދަތު ހަމަނުވާ ލައިސަންސުގެ ކޮޕީ.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށައަޅާ ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ސުންގަޑި

27 ފެބްރުއަރީ 2017 ވާ (ހޯމަ) ދުވަހުގެ 13:30ގެ ކުރިން ށ.ފޭދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚާއި ތަން

2017 ވަނަ އަހަރުގެ މާރޗް މަހުތެރޭގައި، ށ.ފޭދޫ ޞިއްޙީމަރުކަޒުގައި

އިތުރު މަޢުލޫމާތު

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މިޞިއްޙީމަރުކަޒުގެ އޮފީހަށް ފޯމް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިމަރުކަޒުގެ ނަންބަރ: 6540611 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 16 ފެބްރުއަރީ 2017

16 ފެބުރުވަރީ 2017
ހޯދާ