ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2017

އިޢުލާން

 

އަހަރީ އާއްމު ޖަލްސާ 2017

 

މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 20 މާރިޗު 2017 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

13 ފެބްރުއަރީ 2017 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ގެ ޖަލްސާގައި 31 ޑިސެމްބަރ 2016 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ. ވީމާ 1 މާރިޗު 2017 ވަނަ ދުވަހުގެ ނިޔަލަށް، 2017 ވަނަ އަހަރަށް ފީދައްކާފައިވާ 31 ޑިސެމްބަރ 2016 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން 1 މާރިޗު 2017  ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރުގެ ރިޕޯރްޓް ތައް މިއެސޯސިއޭޝަން އަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚްގެ ގޮތުގައި ކަންޑައަޅާފައިވާކަންވެސް ދަންނަވަމެވެ. އަދި 1 މާރިޗު 2017 ވަނަ ދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރްޓް ތައް މިއެސޯސިއޭޝަން އަށް ނުފޮނުވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަނަންވަމެވެ.

އެންމެހާ މެމްބަރުންގެ ފަރާތުން އިތުރު އެއްވެސް ކަމެއް ހުށައަޅަން ބޭނުންފުޅުނަމަ 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ.

ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.

 

15 ފެބްރުއަރީ 2017

 

15 ފެބުރުވަރީ 2017
ހޯދާ