މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

                                                                                    ނަންބަރު: IUL)MMPRC-HR/1/2017/16)

އިޢުލާން

   މި ކޯޕަރޭޝަނުގެ ފަރާތުން މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމު ރައްޔިތުންނަށް ފަސޭހަވާނެގޮތަށް، މި އަވަށްތަކުގެ މެޕް ކޮންމެ އަވަށެއްގައި ބެހެއްޓުމަށް ބޭނުންވެއެވެ. އަދި މީގެ އިތުރުން މާލޭގެ " ޕޮކެޓް މެޕް" އަދި ރާއްޖޭގެ މެޕް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިހެންކަމުން، މި ތިން އަވަށުގައި ބަހައްޓާނެ މެޕް ތައްޔާރުކޮށް ބެހެއްޓުމަށާއި، މާލޭގެ ޕޮކެޓް މެޕާއި ރާއްޖޭގެ މެޕް ތައްޔާރު ކޮށްދިނުމުގެ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 21ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ފެބުރުވަރީ 28ވާ އަންގާރަ ދުވަހުގެ 11:00އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަނުގެ 3323228 ނަންބަރު ފޯނާއެވެ.

 

                18 ޖުމާދުލްއޫލާ 1438

                15 ފެބުރުވަރީ 2017

15 ފެބުރުވަރީ 2017
ހޯދާ