މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރިއާގުޅޭ އެކި ޚިދުމަތްތަކަށްއެދުމަށް އެޕްލިކޭޝަން ފޯމު ތަޢާރަފް ކުރުން

އިޢްލާން

 

ވިޔަފާރިއާގުޅޭ އެކި ޚިދުމަތްތަކަށްއެދުމަށް އެޕްލިކޭޝަން ފޯމު ތަޢާރަފް ކުރުން

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކުން އެކި ޚިދުމަތްތަކަށް އެދުމަށް އެޕްލިކޭޝަން ފޯމުވަނީ ތައާރަފްކޮށްފައެވެ. މިގޮތުން، ތައާރަފްކުރެވިފައިވާ ފޯމުތަކަކީ:

1-      ވިޔަފާރި ނަން ފާސްކުރުމަށް އެދޭ ފޯމު 

2-      ވިޔަފާރި ނަން ރަޖިސްޓްރީކުރާ ފޯމު

3-      އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީއާގުޅޭ ލިޔެކިޔުންތައް އަލުން ދޫކުރުމަށް އެދޭ ފޯމު

4-      އަމިއްލަ ފަރުދުންގެ ވިޔަފާރި ބާޠިލު ކުރުމަށް (ވެރިފަރާތް ނިޔާވުމުން) އެދޭ ފޯމު

5-      އަމިއްލަ ފަރުދުންގެ ވިޔަފާރި ބާޠިލްކުރުމަށް އެދޭ ފޯމު

6-      އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މަޤްޞަދުތަކަށް ބަދަލުގެނައުމަށް އެދޭ ފޯމު

7-      ވިޔަފާރީގެ ސިއްކަ/ލޯގޯ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު

8-      ޓެކްސްއާ ގުޅުންހުރި ކަންކަމުގައި ޒިނަމާވާނެކަން އަންގައިދޭ ލިޔުން

9-      އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގައިވާ މަޢުލޫމާތު ބަދަލުކުރުމަށް އެދުން.

 

މިފޯމުތައް މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުން ލޯޑްކުރެވޭނެ އެވެ.

ވީމާ، މިއަދުން ފެށިގެން ވިޔަފާރިތަކުން ޚިދުމަތަށް އެދޭއިރު އެޚިދުމަތަކާގުޅޭ އެޕްލިކޭޝަންފޯމު ހުށަހެޅުއްވުން އެދެމެވެ.

            

 

14 ފެބުރުވަރީ 2017
ހޯދާ