އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
10000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމާބެހޭ

ސިޔާސީ ޕާޓީގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތިން ކޮންމެ 6 މަހަކުން 1 ފަހަރު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު ބަލައި ކަށަވަރު ކުރާއިރު އެޕާޓީއެއްގެ މެންބަރުންގެ އަދަދު 10,000 (ދިހަ ހާސް) ހަމަނުވާނަމަ، އެޕާޓީއަކަށް އެ އަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ ނޯޓިހެއް ކޮމިޝަނުން ދޭންޖެހެއެވެ.

މިގޮތުން ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު 2013 ސެޕްޓެންބަރު 15 ވި އާދިއްތަ ދުވަހު މި ކޮމިޝަނުން ކަށަވަރު ކުރިއިރު، 10,000 (ދިހަ ހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސްގެ ސިޓީ ފޮނުވުމުން، ތިރީގައި މިދަންނަވާ ޕާޓީތަކުގެ އޮފީސް ހުޅުވާފައި ނެތުމުން އެނޯޓިސްގެ ސިޓީ ވަނީ އެ ޕާޓީތަކަށް ރައްދު ނުވެފައެވެ.

      1. ޕީޕަލްސް އެލަންޔްސް ( ޕީ.އޭ)

      2. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)

      3. ސޯޝަލް ލިބަރަލް ޕާޓީ (އެސް.އެލް.ޕީ)

      4. ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެސް.ޑީ.ޕީ)

ވީމާ، މިޕާޓީތަކަށް 16 ސެޕްޓެންބަރު 2013 އިން ފެށިގެން 3 މަސްދުވަހުގެތެރޭގައި 10,000 (ދިހަ ހާސް)  މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާކަން އެޕާޓީތަކަށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17  ޛުލްޤަޢިދާ  1434

22 ސެޕްޓެންބަރު 2013
ހޯދާ