ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ތަރައްޤީ ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމާއިބެހޭ

     ނަންބަރު: (IUL)258/2017/15

2/

 

އިޢުލާން

            ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓްހައުސް އެއް ތަރައްޤީކުރުމަށް 72،000 އަކަފޫޓްގެ ބިމެއް، ކުއްޔަށްދޫކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ކަނޑައަޅައިފީމެވެ.

މި ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

މި ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް 20 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހު 11:00 ގައި ހދ.ހަނިމާދޫ ކައުންސިލް އިދާރާގައި އޮންނަ "ޕްރީ ބިޑް މީޓިންގ" އަށް ޙާޟިރުވުމުން އެތަނުން ގަންނަން ލިބޭނެއެވެ.

ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ ނަގުދު -/5000 (ފަސްހާސް ދިވެހިރުފިޔާ) އަށެވެ.

މި ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުވަނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން ފަރާތެއްނަމަ ބިޑް ޑޮކިއުމަންޓް ގަތުމަށާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވުމަށް ބިޑް ހުށަހަޅާފަރާތުން ދީފައިވާ ޕަވަރ އޮފް އެޓާރނީ އެއް އޮންނަންވާނެއެވެ. މިފަދަ ޑޮކިއުމަންޓެއް ނެތި ޙާޟިރުވާފަރާތްތައް ޕްރީ ބިޑް މީޓިންގ ގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުވަނީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ މިނޫންވެސް މަސްނޫއީ ޝަޙްޞަކުން ކަމުގައިވާނަމަ ރެޖިސްޓްރޭޝަން ސެޓްފިކްޓް، ގެ އިތުރަށް ޙާޟިރުވާ ފަރާތް އައްޔަނުކޮށްފައިވާ ޤަރާރެއް ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުވާއިރު ގެންނަންވާނެއެވެ. މިއިން ޑޮކިއުމަންޓެއް ނެތި ޙާޟިރުވާފަރާތްތައް ޕްރީ ބިޑް މީޓިންގ ގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

 

 

ބިޑް ހުށަހެޅުމާއި ގުޅޭ އެއްމެހާ މައުލޫމާތުތައް ބިޑް ޑޮކިއުމަންޓްގައި ހުންނާނެއެވެ. ބިޑާއި ގުޅިގެން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ޕްރީ ބިޑް މީޓިންގ ގައި މި ކައުންސިލްގެ ފަރާތުން ސާފުކޮށްދޭނެކަން އަންގާ އިޢުލާން ކުރީމެވެ.

11  E   1438     

08   ފެބުރުއަރީ   2017

08 ފެބުރުވަރީ 2017
ހޯދާ