ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކިޕަރ

މަޤާމް :އެސިސްޓެންޓް ސްކިޕަރ
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ސްކިޕަރ

ބޭނުންވާ އަދަދު:01 (އެކެއް)

ކޮންޓްރެކްޓް މުއްދަތު: 12 މަސްދުވަސް

އަސާސީ މުސާރަ: މަހަކު -/6000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯގެ އަމިއްލަ ދޯނިފަހަރުގައި ނުވަތަ މެނޭޖުކުރާ ދޯނިފަހަރުގައި

އެހެނިހެން ޢިނާޔަތްތައް:

  •  ކޮންޓުރެކްޓު އެލަވަންސް: މަހަކު -/1200 ރުފިޔާ
  •  ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: މަހަކު -/350 ރުފިޔާ
  •  ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.
  •  ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  •   ކާރގޯ ލޯޑިންގ އަދި ޑިސްޗާޖު ކުރުމުގެ ކަންތައް މޮނީޓަރކުރުން
  •  ފަޅުވެރިން ބެލެހެއްޓުމާއި، ބޯޓާއި މުދާ ބެލެހެއްޓުމާއި، ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

  •  ސީ، ޑީ ކެޓަގަރީ ޑްރައިވިންގ ލައިސެންސް އޮތުމާއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އަސާސީ ތަޢުލީމީ ފެންވަރުހުރި މީހަކު ކަމުގައިވުން
  •  މަދުވެގެން އެއްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344272    ފެކްސް:  3344041    ވެބްސައިޓް: www.sto.mv

 11 ޖުމާދަލްއޫލާ 1438

 

 

08 ފެބުރުވަރީ 2017
ހޯދާ