މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

އިޢްލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން އަށް ތިރީގައި މި ދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

  1. 01 ޕަބްލިކް ރިލޭޝަންސް އޮފިސަރ

 

މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

  • ·         ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ·         ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ·         މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއްސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ·         ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،21 ފެބްރުވަރީ  2017 ގެ 14:00 ގެކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333160 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

09 ފެބުރުވަރީ 2017
ހޯދާ