މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދިނުމުގެގޮތުން ދެވޭ ހަނދާނީ ލިޔުން

އިޢުލާން

 "ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދިނުމުގެގޮތުން ދެވޭ ހަނދާނީ ލިޔުން" 

 

ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތައް އަދި ކުންފުނިތަކުގައި އެންމެ ގިނަޢަަދަދެއްގެ އަންހެނުން ވަޒީފާގައި ޙަރަކާތްތެރިވާ ތަންތަނާއި، އިސްމަޤާމުތަކުގައި އެންމެ ގިނަ އަންހެނުން ޙަރަކާތްތެރިވާ ތަންތަން ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 2017 ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.  މިކަމާއި ގުޅިގެން ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އޮފީސްތައް އަދި ކުންފުނިތަކުގެ ވަޒީފާތަކުގައި އަންހެނުން ޙިއްޞާވާ މިންވަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޙިއްޞާ ކުރެއްވުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލާފައެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ޙިއްޞާ ކުރާ ފޯމު ފުރިހަމަކުރައްވާ 20 ފެބުރުވަރީ 2017 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އީމެއިލުއަށް  [email protected]ފޮނުއްވައިދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ޙިއްޞާ ކުރާ ފޯމު މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ.

                              7 ފެބުރުވަރީ 2017

08 ފެބުރުވަރީ 2017
ހޯދާ