އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާބެހޭ

ސަރކިއުލަރ

 

ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާބެހޭ

ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ށ)ގެ ދަށުން އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ އެކްސްޓާރނަލް އޮޑިޓްކުރުމާއި، އޮޑިޓް ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ)ން އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް އެކްސްޓާރނަލް އޮޑިޓަރުން އައްޔަނުކުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާކަމެއްގެ ގޮތުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

އެހެންކަމުން، ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޢުލަބިއްޔަތު ހިއްސާ/ކޮންޓްރޯލް އޮންނަ ކުންފުނިތަކުގެ އަހަރީ މާލީ ބަޔާންތައް، އެކުންފުންޏެއްގެ މާލީ އަހަރު ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ދަންނަވަމެވެ.

 

ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޢުލަބިއްޔަތު ހިއްސާ/ކޮންޓްރޯލް އޮންނަ ކުންފުނިތަކާއި، ޕަބްލިކް ކުންފުނިތަކާއި ދައުލަތުގެ މާލީ އިދާރާތަކާ އަދި އިންޝުރެންސް ކުންފުނިތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމުގައި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑް (އައި.އޭ.އެސް.ބީ)އިން ނެރެ ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރު.އެސް) އަށް ޢަމަލުކުރުމަށް ލަފާދެމެވެ. 

07 ފެބުރުވަރީ 2017
ހޯދާ