ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ސީ. ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމާ ގުޅޭ

 

ނަންބަރ:FNK-K(T)/FNK/IUL/2017/011

 

އިޢުލާން

 

 

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ސީ. ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމާ ގުޅޭ

 

      މި ކުންފުނިން ދޭ ކޮންސެޕްޗުއަލް ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް އައްޑޫ ސެންޓަރަލް ޕަވަރ ސްޓޭޝަންގައި ސީ. ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް (ބޯހޯލް ހެދުމާ، ޕަމްޕް ސްޓޭޝަން ހެދުމާއި މޫދަށް ހޮޅި އެޅުން) އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-K(T)/FNK/IUL/2016/102 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 ފެބުރުވަރީ 7 ން 12 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 14:30 މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް  [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސެޝަން (ޕްރީ ބިޑް މީޓިންގް) އޮންނާނީ 2016 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 12:00 ގައި މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

            

10 ޖުމާދަލްއޫލާ 1438

06 ފެބުރުވަރީ 2017

 

06 ފެބުރުވަރީ 2017
ހޯދާ