އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޕްރޮކިއުމަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ޕްރޮކިއުމަންޓް

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  2. ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  3. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.
  4. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  5. އިނގިރޭސީންނާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
  6. ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން
  2. ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ގަންނަންޖެހޭ ތަކެތި ގަތުމުގެ މަސައްކަތްކުރުން.
  3. ތަކެތި ގަތުމާ ގުޅިގެން ކުރާ މުޢާމަލާތްތަކުގެ ލިޔެކިޔުންތައް ހެދުމާއި ފައިލްކޮށް ބެލެހެއްޓުން.
  4. ބީލަމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.
  5. މިނޫންވެސް ޕްރޮކިއުމެންޓް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:

2017 ފެބުރުވަރީ 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

31 ޖަނަވަރީ 2017
ހޯދާ