ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

                                                          ނަންބަރު: O4MC/2017/02

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މިކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)(GS3)  

ބޭނުންވާ ޢަދަދު: 01

މުސާރަ:

-/4465 ރުފިޔާ

 ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

 ލިވިންގް އެލަވަންސް: މަހަކު -/2550 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-         ސާރވިސް އެލަވަންސް:  މަހަކު -/1500 ރުފިޔާ

-       ލިވިންގް އެލަވަންސް:  މަހަކު -/2550 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު:

  1. ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލުން ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

ނުވަތަ

  1. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއިއެކު، GS2 ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮނގުން ތަޖުރިބާ ލިބިފައިވާ، މަސައްކަތާއިގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  • ކޯޓުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚްލާސާ ރިޕޯޓާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
  • ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މައުލޫމާތު ހަފްތާ ޝީޓަށް ނަގައި އެމައުލޫމާތު އާއްމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑުގައި ހަރުކުރުން
  • ކޯޓްގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ މައުލޫމާތު ތައްޔާރުކޮށް ކޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
  • އަދި މީގެ އިތުރުން މެޖިސްޓްރޭޓް ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން

 ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ

 

  • އިތުރު ގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމް ( ވަޒީފާއަށްއެދި ހުށަހަޅާ ފޯމް، މިކޯޓުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމުގެ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  • ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ

 

ސުންގަޑި:

06 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 15:00

އިތުރު މަޢުލޫމާތު:

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން މިކޯޓުން ވަޒީފާއަށްއެދޭ ފޯމް ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި އައިޑީކާޑުގެ ފޮޓޯކޮޕީއާއިއެކު ހުށަހެޅުއްވުންއެދެން

މިސެޓްފިކެޓްތަކަކީ އެކްރެޑިޓް ކުރެވިފައިވާ އަސްލާއި އެއްގޮތް ކޮޕީއަކަށް ވާންވާނެއެވެ.

  • މިކޯޓްގެ ނަންބަރު O4MC/2017/01 އިޢުލާނާއި ގުޅިގެން ވަޒީފާއަށްއެދި ފޯމް ހުށަހަޅަންޖެހޭ މުއްދަތު ކުރުކަމަށް ފާހަގަކުރެވިފައިވާތީ، އަލުން މުއްދަތު އިތުރުކޮށް އިޢުލާންކޮށްފައިވީ ނަމަވެސް، ކުރިން ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް ބާތިލް ނުވާނެ ވާހަކަ ދަންނަވަން.
  • އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް
  • އިތުރު މައުލޫމާތު 6800094 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެ.
       

 

                   02 ޖުމާދަލްޢޫލާ 1438

                    30 ޖެނުއަރީ 2017                                                 

30 ޖަނަވަރީ 2017
ހޯދާ