މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ވަގުތީ)

އިޢުލާން

 

 މަޤާމް:

 އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ވަގުތީ)

 ބޭނުންވާ އަދަދު:

 1

 މުސާރަ:

 މަހަކު -/4465 ރ.

 ސަރވިސް  އެލަވަންސް:

 މަހަކު -/1500 ރ.

 އޮފީސް:

 މިނިސްޓްރީ އޮފް ޓޫރިޒަމް

 ޑިވިޜަން:

 ކޯޕަރޭޓް އެފެއާރޒް ޑިވިޜަން

 ވަޒީފާ  އަދާކުރަންޖެހޭ  ތަން:

 މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ  ފަންގިފިލާ

 ޔުނިޓް:

 ހިއުމަން ރިސޯސް ޔުނިޓް

 ކްލެސިފިކޭޝަން

 އޮފިސަރ ގްރޭޑް 1

 ރޭންކް:

 ޖީ.އެސް.3

 

 މަޤާމުގެ ޝަރުޠު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

   ނުވަތަ

   2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް           ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 މަޤާމުގެ  މަސްއޫލިއްޔަތު:

  • ޔުނިޓަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ފައިލް ކުރުން.

 

  • އޮފީހުގައި ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

 

  • މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.

 

  • އެޗް. އާރް. ސިސްޓަމަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. (މުވައްޒަފުންގެ ހާޒިރީ ބަލަހެއްޓުމާއި ވަޒީފާ ޗިޓް، ސަލާމް، ޗުއްޓީ އަދި ރަސްމީ ދަތުރުތަކާއި ބެހޭ އެންމެހާ ރެކޯޑްތައް ސިސްޓަމްއަށް އެޅުން)

 

  • މަގާމެއް އުފައްދަން ނުވަތަ އުވާލަން ޖެހިއްޖެނަމަ އެކަމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

 

  • މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

 

  • މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން އަދި ކޮންމެ އަހަރަކު އަހަރީ ޗުއްޓީ ކަލަންޑަރު ތައްޔާރުކުރުން.

 

  • އެސް.އޭ.ޕީގެ އެންޓްރީ މޮޑިއުލްގެ މަސައްކަތްކުރުން.

 

  • މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.

 

  • މަހުން މަހަށް މުވައްޒަފުންގެ ހާޟިރީ ރިޕޯޓްތައްޔާރުކުރުން.

 

  • ސިވިލް ސަރވިސް ކޮމިޝަނަށް ފޮވަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށް އެކޮމިޝަނަށް ފޮނުވުން.

 

 އުޖޫރައާއި  ޢިނާޔަތްތައް:

  • މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް

 މީހުން ހޮވުމުގައި  ބަލާނެ  ކަންތައްތައް:

  1. ހިއުމަން ރިސޯސް ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. އެސް.އޭޕީ އެޗް.އާރ މޮޑިއުލްގެ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވުން.
  3. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  5. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
  6. އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  7. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

 (ނޯޓް: މި ވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން  26 ޖުލައި 2017ގެ ނިޔަލަށެވެ.)

 ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 ނޯޓް: ރައްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ  ޕްރޮގްރާމްތަކުގެ  ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.

    4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

    5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލެޔެފައިވާ ލިޔުންތައް ކިޔަން              އެނގޭފަދަ ކޮޕީއެއް.)

    6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސަރވިސް ކޮމިޝަންގެ ފޯމެޓަށްވާ ވަނަވަރު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv  ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

 ސުންގަޑި:

 މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ  ލިޔުންތައް،  2017  ފެބްރުއަރީ 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ  ކުރިން މި މިނިސްޓްރީއަށް  (ވެލާނާގޭގެ، 5ވަނަ  ފަންގިފިލާ) ހުށަހެޅުން  އެދެން.

 އިންޓަރވިއު:

  • މިމަގާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގައެވެ.

 އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން  އިންޓަރވިއުއަށް  އަންނަންވީ ވަގުތު އެންގޭނެއެވެ.

 އިތުރު މަޢުލޫމާތު  ހޯދުން:

  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މިމިނިސްޓްރީގެ 3022200، 3022225 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

 

        

30 ޖަނަވަރީ 2017
ހޯދާ