ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

 

ހާފިޒު އަހުމަދު ސްކޫލް

                 ޏ.ފުވައްމުލައް، ދިވެހިރާއްޖެ                

   ތާރީޚް: 23 ޖަނަވަރީ 2017                                       ނަންބަރު:GS74/2017/03 

 

ވަޒީފާގެ ފުރުޞަތު

 

   މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ 

   ބޭނުންވާ އަދަދު:                1

   ރޭންކް:                     ޖީ.އެސް. 3

   ކްލެސިފިކޭޝަން :              އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

   މުސާރަ :                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ޙާފިޒު އަހުމަދު ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ، ހާފިޒު އަހުމަދު ސްކޫލް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

އިދާރީ ސެކްޝަން

 -        ރިސެޕްޝަން ބެލެހެއްޓުން

-        ސްކޫލަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި ތަކެތީގެ ސްޓޮކް ބެލެހެއްޓުން

-        ސްކޫލަށް ލިބޭ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުން

-        ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

ޝަރުތު:                                                

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދައިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

މަޤާމް:                            އެސިސްޓަންޓް ކޮމްޕިޔުޓަރ ޓެކްނިޝަން 

   ބޭނުންވާ އަދަދު:                1

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 1  

   މުސާރަ :                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ޙާފިޒު އަހުމަދު ސްކޫލް، ޏ.ފުވައްމުލައް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ، ހާފިޒު އަހުމަދު ސްކޫލް، ޏ.ފުވައްމުލައް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

-        ކޮމްޕިއުޓަރ ނެޓްވޯކް ރަގަޅަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން

-        ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

-        ސްކޫލްގެ ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުން

-        ސްކޫލްގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ފޮޓޯ ކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން

-        ސްކޫލްގައި ބާއްވާ އެކިއެކި ރަސްމިއްޔާތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން.

ޝަރުތު:                                                                                            

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމް:                            ޕްރިންޓަރ 

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެސް. އެސް 3

   ކްލެސިފިކޭޝަން :              ސަޕޯޓް ސްޓާފް ގްރޭޑް 3  

   މުސާރަ :                    -/3875 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ޙާފިޒު އަހުމަދު ސްކޫލް، ޏ.ފުވައްމުލައް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ، ހާފިޒު އަހުމަދު ސްކޫލް، ޏ.ފުވައްމުލައް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

-        ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން

-        ޕްރިންޓް ކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން

-        ޕްރިންޓް ކުރުމަށް ބެނުންކުރާ ހުރިހާ މެޝިންތައް ސަރވިސް ކުރުވައި ބެލެހެއްޓުން

-        ޕްރިންޓް ކުރުމަށް ބެނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލާ ހޯދުން

-        ޕްރިންޓިންރޫމް ސާފުކުރުވާ ތަރުތީބުކޮށް ބެލެހެއްޓުން

-        ޙަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން

ޝަރުތު:                                                                           

1- މަޤާމަށް ބޭނުންވާ ދާއިރާ (އިންފޮމޭޝަން ޓެކްނޮލޮޖީ)ގެ ދާއިރާއިން ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމް:                            މަސައްކަތު

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެސް.އެސް 1

   ކްލެސިފިކޭޝަން :              ސަޕޯޓްސް ސްޓާފް ގްރޭޑް 1  

   މުސާރަ :                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ޙާފިޒު އަހުމަދު ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ ،ހާފިޒު އަހުމަދު ސްކޫލް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

-        އިމާރާތްތައް ފޮޅާ ސާފުކުރުން

-        ދޮރު، ކުޑަދޮރު،ފަންކާ ފަދަތަކެތި ސާފުކުރުން

-        ފާޚާނާ ސާފުކުރުން

-        ގޯތިތެރެއާއި މަގުން ކުނިނެގުން

-        ވިނަނޮޅާ ސާފުކުރުން

ޝަރުތު:                                               

1- ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-        ލިބިފައިވާ ތައުލީމާއި ތަމްރީނަށް

-        ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަށް

-        ލިބިފައިވާ ހުނަރު

އިންޓަރވިއު ކުރުން

ހ. 7 ފެބުރުއަރީ 2017 އިން 16 ފެބުރުއަރީ 2017 އާއި ދެމެދު ދުވަހެއްގައި

ވަޒީފާއަށް އެދިފައިވާ އަދަދު 10 އަށްވުރެ ގިނަވާނަމަ، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކުރައިޓީރިއާއެއްގެ ދަށުން ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރުމުން ހޮވޭ ފަރާތްތަކާއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު:(ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހާފިޒު އަހުމަދު ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން  www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

3- ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ.

 ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.)

 ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ  ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4- ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ.)

6- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

-        މިވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހާފިޒު އަހުމަދު ސްކޫލް އޮފީހަށް.

-      ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  (6 ފެބުރުއަރީ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން)

 

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު މެރިޓް އުސޫލުން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހާފިޒު އަހުމަދު ސްކޫލް ގެ ނަންބަރު 6861989ފޯނަށް ގުޅުއްވުން އެދެމެވެ. 

23 ޖަނަވަރީ 2017
ހޯދާ