މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.މާފުށީ ޞިއްޙީމަރުކަޒުގެ ދެބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ.

 

  ކ.މާފުށީ ޞިއްޙީމަރުކަޒުގެ ދެބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން 

            ކ. މާފުށީ ޞިއްޙީމަރުކަޒުގެ ދެބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު  IUL)23-AP/23/2017/1)  އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި  ބައެއް ފަރާތްތަކުގެ އަންދާސީ ހިސާބުގެ މައުލޫމާތު ފުރިހަމަނުވާތީ ވާދަކުރާނެ ތިންފަރާތް ނެތުމުން އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ރަބީޢުލްއާޚިރު 1438

19 ޖަނަވަރީ 2017

 

19 ޖަނަވަރީ 2017
ހޯދާ